Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

އައްޑޫގައި ސްޕޯޓްސް އެކެޑަމީއެއް!

އައްޑޫގައި ސްޕޯޓްސް އެކެޑަމީއެެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާ މަޝްވަރާކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމްގެ ތަށި އަވަށު އޮފީހާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ސްޕޯޓްސް އެކެޑެމީއެއް ގާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެކަމަކު އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

14484660_776948222447440_2979042475039204863_n

މޭޔަރު ވިދާޅުވީ އައްޑޫގެ ފުޓްބޯޅަ މި ވަގުތު ހުރި ހިސާބުން ދެން ކުރިއަށް ގެންދިއުމަށްޓަކައި ޕްލޭންތަކެއް އެކަށައަޅަންޖެހޭ ކަމަށެވެ.

އަދި އެކަމަށް ކައުންސިލުން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ސްޕޯޓްސް އެކެޑެމީއެއް ހަދަން ކައުންސިލުން ބޭނުންވާ އިރު ކައުންސިލްގެ ހަރަދުގައި އައްޑޫގެ އަވަށްތަކުގެ ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓް ފަދަ ތަންތަން އަންނަނީ އިތުރަށް ތަރައްގީ ކުރަމުންނެވެ.

mb

އައްޑޫގެ މަރަދޫފޭދޫ ފިޔަވައި ކޮންމެ އަވަށެއްގައި ސަރުކާރުން ވަނީ ފުޓްސަލް ދަނޑުތަކެއް އަޅައިފަ އެވެ.

އަދި ހިތަދޫގައި ފުޓްބޯޅަ ސްޓޭޑިއަމަކއި ޓާފް ދަނޑެއް އޮވެ އެވެ.