Last Updated: May 8, 22:22
Wednesday, May 8, 2024
ރިޕޯޓް

މާބަނޑު ދުވަސްވަރު ކާންވީ މި އެއްޗެހި

މާބަނޑު ދުވަސްވަރު ދަރިފުޅުގެ ކަށިތަކާއި ޓިޝޫތައް އުފެއްދުމަށްޓަކައި ޕްރޮޓީންއާއި ކެލްސިއަމް ބޭނުންވާނެއެވެ. އަދި ރެޑް ބްލަޑް ސެލްސްގެ ޒަރިއްޔާއިން ދަރިފުޅަށް އޮކްސިޖަން ލިބިދިނުމުގައި މަސައްކަތްކުރާ ފޯލިކް އެސިޑްއާއި ދަގަނޑުގެ ބާވަތްތައްވެސް ބޭނުންވެއެވެ.

މާބަނޑު ދުވަސްވަރު ރަނގަޅު، ދުޅަހެޔޮ ކާނާ ކެއުމަށް އާދަކުރާށެވެ.

1.ހޯލް ގްރެއިން ކާނާ

ހޯލް ގްރެއިން ޕާނާއި ސީރިއަލްއަކީ އޭގައި ހުދު ޕާނާއި ބަތަށްވުރެ ގިނައިން ފޯލިކް އެސިޑްއާއި ދަގަނޑުގެ ބާވަތް އެކުލެވިގެންވާ ތަކެއްޗެވެ. ހެނދުނުގެ ނާސްތާއަކަށް އޯޓްސް، މެންދުރު ކެއުމަށް ހޯލް ގްރެއިން ޕާނުގެ ސޭންޑްވިޗެއް އަދި ހޯލް ގްރެއިން ޕާސްތާ ނުވަތަ ބްރައުން ރައިސް ރޭގަނޑު ކެއުމުގައި ބޭނުންކުރާށެވެ.

2.ބީންސް

ކަޅު ބީންސް، ހުދު ބީންސް، ޕިންޓޯ ބީންސް، މުގު، ބްލެކް-އައިޑް ޕީސް އަދި ކިޑްނީ، ގާބެންޒޯ ނުވަތަ ސޯއި ބީންސް ކެއުމުގައި ބޭނުންކުރާށެވެ. ސޫޕާއި ސެލެޑާއި ޕާސްތާ ކެއުމުގައި ބީންސް ބޭނުންކުރުން ރަނގަޅެވެ. ޕްރޮޓީންއާއި ފައިބަރުގެ އިތުރުން، އަޔަން، ފޯލޭޓް، ކެލްސިއަމް އަދި ޒިންކްފަދަ މުހިންމު ނިއުޓްރިއެންޓްސް ބީންސް ކެއުމުން ހަށިގަނޑަށް ލިބޭނެއެވެ.

3. ސެލްމަން

ސެލްމަންގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްސް އަކީ ދަރިފުޅުގެ ސިކުނޑިއަށާއި ލޮލަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ޕްރޮޓީންއާއި ބީ ވިޓަމިންސްވެސް ހުރެއެވެ. ސެލްމަންއަކީ އެހެން މަސްތަކާ އަޅާބަލާއިރު މާކިއުރީ މަދު އަދަދަކަށް އެކުލެވިގެންވާ މަހެކެވެ. ސެލްމަން ފިހެގެން ނުވަތަ ސެލެޑްއަކަށް ހަދައިގެން ކެވިދާނެއެވެ. ހަފްތާއަކު 12 އައުންސު ލޯ-މާކިއުރީ މަސްކެއުމަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.

4. ބިސް

މާބަނޑު މީހާއަށާއި ދަރިފުޅަށް ބޭނުންވާ އެމައިނޯ އެސިޑްސް ހުންނަ ޕްރޮޓީންސް ބިހުގައި އެކުލެވިގެންވެއެވެ. އަދި އޭގައި ގިނަ އަދަދެއްގެ ވިޓަމިންސްއާއި މިނަރަލަސް ވެއެވެ. އޭގެތެރޭގައި ދަރިފުޅުގެ ސިކުނޑި ތަރައްޤީވުމަށް ބޭނުންވާ ކޯލިން ހިމެނެއެވެ. އެހެންނަމަވެސް ރޯ ބިސް އަދި ރަނގަޅަށް ކައްކާފައިނުވާ ބިސް ނުކާށެވެ.

5. ބެރީސް

ބްލޫބެރީސް، ރާސްޕްބެރީސް އަދި ބްލެކްބެރީސްއަކީ ވަރަށް މީރު މޭވާތަކެވެ. ކޭކު ފޮޅިއާއި އެއްކޮށް އަދި ސީރިއަލްއަށް އަޅައިގެން ކާން ވަރަށް މީރު ވާނެއެވެ. ބެރީސްގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ޕޮޓޭސިއަމް، ފޯލޭޓް އަދި ފައިބަރު އެކުލެވިގެން ވެއެވެ.

6. ލޯފެޓް ޔޯގަޓު

އެއް ޖޯޑު ލޯފެޓް ޔޯގަޓްގައި އެއް ޖޯޑު ކިރަށްވުރެ ގިނައިން ކެލްސިއަމް އެކުލެވިގެންވެއެވެ. އަދި ޕްރޮޓީންސްވެސް އޭގައި ހިމެނޭއިރު، އެކި ވައްތަރުގެ ޔޯގަޓުގައި ހުންނަ ހަކުރުތައް ލޯފެޓް ޔޯގަޓްގައި ނުހުރެއެވެ. މޭވާ ނުވަތަ އޯޓްސްއާއިއެކު ކާން ލޯފެޓް ޔޯގަޓް ރަނގަޅުވާނެއެވެ.