Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

"އޮފީސް ދިވެހި" ޕްރޮގްރާމް ނިންމާލައިފި

އައްޑު ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުން ދިވެހި ބަހަށް މިހާރަށް ވުރެ ބޮޑަށް އަހުލުވެރި ކުރުވަން ހިންގި "އޮފީސް ދިވެހި" ޕްރޮގްރާމްގެ ނިންމާމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

hghh

މި މަހުގެ 26 އިން އިއްޔެގެ ނިޔަލަށް ހިންގި ޕްރޮގްރާމްގައި ކައުންސިލް އިދާރާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ 28 މުވައްޒަފަކު ބައިވެރިވި އެވެ.

vn

މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ އައްޑޫ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި އައްޑޫގެ މަޝްހޫރު ތަޖުރިބާކާރު ދިވެހި މުދައްރިސް އަހުމަދު މިހާދެވެ.