Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ހަ ކައުންސިލެއްގެ އޮޑިޓް ރިޕޯޓް ނެރެފި

އައްޑޫގައި ގާއިމުކޮށްފައިވާ އޮޑިޓަ ޖެނަރަލްގެ އޮފީހުގެ ސަރަޙައްދީ ގޮފިން ހަ ކައުންސިލެއްގެ އޮޑިޓް ރިޕޯޓް އިއްޔެ ނެރެފި އެވެ.

މި އޮޑިޓް ރިޕޯޓްތައް ނެރެދެއްވީ އޮޑިޓަ ޖެނަރަލް ޙަސަން ޒިޔަތެވެ.

ރިޕޯޓްތައް ނެރުނީ އައްޑު އާއި ފުވައްމުލަކުގެ ދައުލަތުގެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ލީޑަޝިޕް ޓްރެއިނިންގ ޕްރޮގްރާމްގެ ތެރެއިންނެވެ.

gfghg

އިއްޔެ ނެރެފައިވަނޯ ޏ. އަތޮޅު ކައުންސިލާއި، ގދ. އަދި ގއ. އަތޮޅު ކައުންސިލާއި، ގއ. މާމެންދޫގެ އިތުރުން އެއަތޮޅު ވިލިނގިލީ ކައުންސިލް އަދި ގދ. ތިނަދޫ ކައުންސިލްގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓެވެ.

މި ހަ އޮޑިޓް ރިޕޯޓަކީ، ކައުންސިލަތަކަށް ލިބިފައިވާ 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި ކައުންސިލްތަކުން ހޭދަކޮށްފައިވާ 32 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަފްޞީލް ހާމަކުރައްވާފައިވާ ރިޕޯޓްތަކެކެވެ.

14542892_10153744671861150_1189558826_n

އިއްޔެ އައްޑޫގައި ނެރުނު ހަ އޮޑިޓް ރިޕޯޓަކީ މިއަ ހަރު އޮޑިޓަ ޖެނަރަލްގެ އޮފީހުގެ ސަރަޙައްދީ ގޮފިން ނެރުއްވަން ކަނޑައެޅުއްވި 69 އޮޑިޓް ރިޕޯޓްގެ ތެރެއިން މިހާތަނަށް ފީލްޑް މަސަކަތް ނިމި ރިޕޯޓިން މަރުޙަލާގައިވާ 40 އޮޑިޓް ރިޕޯޓްގެ ތެރޭގައި ހިމެނޭ ރިޕޯޓުތަކެއްކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.