Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 މިއޮތީ

ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑަށް ދަތުރު ކުރި ގަދަ 12 ބައިވެރިންގެ ތެރެއިން ރޭ ދެ ބައިވެރިއަކު ކަޓައި މުބާރާތުގެ 10 ކަށަވަރުވެއްޖެ އެވެ.

ރޭގެ އެލިމިނޭޝަންގައި މުބާރާތާ ވަކިވާން ޖެހުނީ މަރިޔަމް ސަލްވާ އަދި ޝާން ޝަރީފް އެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ހަފްތާއަކު ވާދަކުރާ ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ރައުންޑަށް ދަތުރު ކުރާ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 ޕަސަންޓް މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ ޕަސަންޓް ވޯޓް އެއްކޮށްލުމުން، ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

ގަދަ 10 އިން ޖާގަ ކަށަވަރުކޮށް ކުރިއަށް އޮތް ރައުންޑަށް ދަތުރު ކުރި ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަލްސީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުއްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދު އަދި އައިޝަތު އަޒަލް އަލީ ޒާޙިރު އެވެ.

ގާލާ ރައުންޑުގެ ރޭގެ އެލިމިނޭޝަން ނައިޓް ޝޯގައި ގަދަ 12 ބައިވެރިންގެ ހިތްގައިމު ރީތި ގްރޫޕް ޕަފޯމަންސްތަކެއް ގެނެސް ދިނެވެ.

ރޭގެ ޝޯ ހާއްސަވީ އެ ބައިވެރިއެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ލަވަތަކަށެވެ.