Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

33 ދުވަހަށް ފަހު އަދުހަމް ދޫކޮށްލައިފި

އަދުހަމް ބަންދުން ދޫކޮށްލުމުން އަތޮޅުވެހީގެ ބޭރުގައި.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާއިތުވި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ބަންދުން ދޫކޮށްލައިފިއެވެ.

އަދުހަމް ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އޭނާ ބަންދުކުރިތާ 33 ދުވަސް ފަހުންނެވެ. އެހެން ނަމަވެސް އޭނާ ބަންދުން ދޫކުރީ ޝަރުތުތަކާއި އެކު ކަމެއް ނުވަތަ ނޫން ކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވަމުން ގެންދާ އަދުހަމް ހައްޔަރުކޮށްފައިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތި ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން މީގެ ކުރިން ވަނީ ބުނެފައެވެ.

އަދި އަދުހަމް ބަންދުގައި ހުރިއިރު އޭނާއަށް ކުނިވެފައިވާ ކާއެއްޗިހި ދިންކަމަށް ބުނެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.