Last Updated: April 25, 20:50
Thursday, April 25, 2024
އައްޑޫ ބަހުން

މަސްތުވޭއެއްތެތި އެއި އެއްކޮށް ބާކިން ހައްޔަރަކޮށްލިޔެ

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިގުވި އޮޕަރޭޝަނަކި މަސްތުވޭ އެއްތެތި އެއި އެއްކޮށް ހަތެރެ ބާކިން ހައްޔަރަކޮށްލިޔެ.

ފުލުހުންގެ ވެބްސައިޓާއި ބެނަފެއިވޭ ގޮތެ މި ހަތަރެ މީހުން ހައްޔަރަކެރީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބެނެ އިންޓެލިޖެންސް މައުލޫމާތަކައް ހިނގުވި އޮޕަރޭޝަނަކި.

ހަތެރެ މީހުންގެ އެތެރުން ފެރެތުމަ މީހާ ހައްޔަރަކެރީ އެޕްރީލް ދެހަ ވަނަ ދުވެހި ސައިކަލަކުން އޭވޭލެއި ހުއްޓުވައި ބެލިކޯ އިޔެ އަތުން، މަސްތުވޭ އެއްތެތި ކަމަށް ލަފާވޭ އެއްތައް އެޑަފެއި ހިށި 14 ޕެކެޓް ފެނިގެން.

ދެން ތިބި ތިން މީހުން ހައްޔަރަ ކެރީ އަސް ހަމަ އެދުވެހި ހިނގުވި އެހެން އޮޕަރޭޝަނަކި. ފުލުހުން ބެނާގޮތެ އެވެރިން އަތުން މަސްތުވޭ އެެއްތެތި ކަމަށް ލަފާވޭ އެއްތައް އެޑަފެއި ހިށި 3 ޕެކެޓް ފެނެނެ.

މައުލޫމާތު ލިބޭ ގޮތެ ހައްޔަރަ ކެރި ހަތެރެ މީހުން ހުޅުމީދޫ ކޯޓަށް ހާޒިރު ކެރިމެއި އެ ކޯޓުން ވެނީ އެވެރިންގެ ބަންދަށް 15 ދުވަސް ޖަހަފެއި.