މުނިފޫހިފިލުވުން

"ސޮޓީ 2" ގެ ޝޫޓިން ފަށައިފި

ޓައިގާ ޝްރޮފާއާ އެކު، ބޮލީވުޑަށް ތައާރަފުވާ އާ ދެ ބަތަލާއަލާ އެކު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމްގެ ޝޫޓިން މިދިޔަ ހޯމަ ދުވަހު ދެހަރާދޫންގައި ފެށުމަށް ފަހު، ފިލްމްގެ ދެ ބަތަލާއިންނަކީ ކޮބައިކަން ރަސްމީކޮށް އިއުލާބް ކުރީ އިއްޔެ އެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރް އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ޓައިގާއާ އެކީ "ސޮޓީ 2" އިން ފެނިގެން ދާނީ ޗަންކީ ޕާންޑޭފެ ދަރިފުޅު އަނަންޔާ ޕާންޑޭ، 19، އާއި މީގހެ ކުރިން ޑިޒްނީ ޗެނެލްގެ ބައެއް ސިޓްކޮމްތަކުގައި މަސައްކަތްކޮށްފައިވާ ތާރާ ސުތާރިއާ، 22، ކަމަށެވެ.

މި އަހަރުގެ ނޮވެމްބަރު 23 ގައި ރިލީޒް ކުރާ "ސޮޓީ 2" ޑައިރެކްޓް ކުރަނީ ޕުނިތު މަލްއުތުރާ އެވެ. އޭނާއަކީ "އައި ހޭޓް ލަވް ސްޓޯރީ" އާއި "ގޯރީ "ތޭރޭ ޕިޔާރް މޭ" ގެ ޑައިރެކްޓަރެވެ.

"ސޮޓީ 2" އަކީ ކަރަން 2012 ގައި ގެނެސް ދިން ކާމިޔާބު ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ. އެ ފިލްމަކީ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.