ޚަބަރު

އީސީގެ ތަރުޖަމާނަކަށް މެމްބަރު އަކްރަމް

މެންބަރު އަކްރަމް (ވ) ފޮޓޯ -އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ 403 ވަނަ އާންމު ޖަލްސާއިން އެ ކޮމިޝަންގެ ސްޕޯކްސްޕާސަން ކަމަށް މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސާފައިވާ ކަމަށެވެ.

އީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީގެ ކުރިންވެސް އާންމުކޮށް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވަނީ އަކުރަމެވެ. އަކްރަމަކީ މީޑިއާތަކާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފަިއވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބުގައި ރާއްޖެއިން ބޭރު، ސިނާއީ މަސައްކަތްކުރާ ތަންތަން، ރިސޯޓުތައް އަދި ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުސޫލު ވެސް ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ.