Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

އައްޑޫ އެއި ފުވައްމޮލަކަށް އުރީދޫން ތަފާތު ހަދިޔާއް

އައްޑޫ ސިޓީ އެއި ފުވައްމޮލައް ސިޓީ އެއި ރައްޔިތުންނަށް ހާއްސަކޮށްގެން އުރީދޫން ވަރަށް ޚާއްސަ ކެމްޕެއިނަކާއި އެއްކޮށް ތަފާތު އޮފާތަކަށް ތާރަފްކޮށްލިޔެ.

އުރީދޫން އަދަ ތައާރަފްކެރި އޮފާތަކި އެތެރުން ޕްރިޕެއިޑް ކަސްޓަމަރުންނަށަސް ވަރަށް ސަޅި ފުރުސަތުތައް ހުޅުވަފެއިވެއި.

ޕްރިޕެއިޑް ކަސްޓަމަރުންނަށަސް ވަރަށް ސަޅި ފުރުސަތުތައް!

އޭގެ އެތެރެ އުރީދޫ ނެޓްވޯކު ބޭނުންކެރާ ރައްޓެހިންނަށާއި އާއިލާއި މީހުންނަށް އެއްކިމި 10 ލާރިއަށް ގުޅޭހެެއް. އެހެން ނެޓްވޯކްތައް ބޭނުންކެރާ މީހުންނަށް ގުޅާއް ޗާޖުކެރަނީ މިނިޓަކަށް 99 ލާރި. އަދި ޑޭޓާ ޕެކޭޖް ނެގިމެއި، ތިރީސް ޕަސެންޓް ބޯނަސް ޑޭޓާ އަސް ލިބޭހެއް.

މި ހުށިހެއި އޮފާތައް ހޯދާއް އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުން 26 ޖުލައިގެ ކުރިން “GO” ޖަހަފެއި 5100 އަށް މެސެޖަށް ކޮއްލީމެއި ނިމެނެއި.

26 ޖޫންގެ ކުރިން އުރީދޫ ޕޯސްޓް ޕެއިޑް ޕެކޭޖަށް ނެގިމެއި މަހި ފީން 20 ޕަސެންޓް ޑިސްކައުންޓް! އަދި ޖީއެން ސައިކަލަށް ލިބުމުގެ ފުރުސަތަސް އޮންނެހެއް!

އަދި މީގެ އިތިރަށް ޕޯސްޓް ޕެއިޑް ޕެކޭޖް އަށް ނެގިމެއި އަސް ވަރަށް ސަޅި އޮފާތަކަށް ކަސްޓަމަރުންނަށް ހުޅުވަފެއި ވޭކަން ފާހަގަވެއި.

އެގޮތުން 26 ޖޫން 2018ގެ ކުރިން އުރީދޫ ޕޯސްޓް ޕެއިޑަށް ނާގެން 1 އަހަރަ ވޭތާން މަހި ފީން %20 ޑިސްކައުންޓް ލިބޭކޯ، އެ ފަރާތްތަކަށް ޖީއެން ސައިކަލަށް ލިބުމުގެ ފުރުސަތަސް އޮންނެހެއް ކަމަށް އުރީދޫން މައުލޫމާތު ދެއި

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅަވޭ ގޮތުން ފެހޭ، އުރީދޫގެ ފަރާތުން އައްޑޫ އެއި ފުވައްމޮލަކަށް ޚާއްސަކޮށްގެން މިޅިން އައު އަދި ވަރަށް ތަފާތު މި ކެމްޕެއިން ފެށުމަކީ އެވެރިންނަށް ލިބެނެ ވަރަށް ބޮޑޮ އުފަލައް.

އަދި ރާއްދޭ ދެކުނެ އުރީދޫ އެއި ނެޓްވޯކާއި ޚިދުމަތް އިތިރައް ރަނގަޅަ ކެރާއް އުރީދޫ އިން ގިނަ އިންވެސްޓްމަންޓްތަކަށް ކޮށްފެއި ތިބިކޯ ކުރިއައް އޮއްތަނި އަސް ޚިދުމަތް އިތިރައް ރަނގަޅަ ކޮއް އައްޑޫ އެއި ފުވައްމޮލަކި މީހުންނާއި އޮންނެ ގާއް ގުޅުން އިތިރަށް ބަދަހި ކެރާއް މަސައްކަތް ކެރާހެއް ކަމަށް ނިޔާޒު ވިދާޅަވި.

"އަދަ މި ތައާރަފްކެޑެ އޮފަރތަކަކީ މި ކެމްޕެއިނެ ފެށުން. ކުރިއައް އޮއް ދުވަސްތަކި އައްޑޫ އެއި ފުވައްމޮލަކި ރައްޔިތުންނާއި އެއްކޮއް ގިނަ ހަރަކާއްތައް ކުރިއަށް ގިނޭށިޔެ. އެގޮތުން ކުދުކުދިންނައް ހާއްސަކޮއްގެން ބާމުން އޭ "އުރީދޫ ސައިޓެކް ފެސްޓިވވަލަސް މެއި މަހި އެތެރެ އައްޑޫ އޮންނެހެއް." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް