Last Updated: April 27, 08:49
Saturday, April 27, 2024
ޚަބަރު

އަންވަރު އިބްރާހިމް މިނިވަންކޮށްފި

ފަސްއަހަރުގެ ޖަލު ހުކުމެއްގައި ހުރި މެލޭޝިއާގެ ކުރީކެ އިދިކޮޅު ލީޑަރ އަންވަރު އިބްރާހީމްއަށް އެގައުމުގެ ޝާހީ އާއިލާއިން މައާފުދެއްވުމަށްފަހު މިއަދު ޖަލުން މިނިވަންކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ޑރ.މާހާތިރް މުޙައްމަދު ވަނީ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމާއެކެ، އެގައުމުގެ ޝާހީ އާއިލާއިން އަންވަރަށް މައާފު ދެއްވުމަށް ނިންމަވާފައިވާ ކަމަށް އިއުލާންކޮށްފައެވެ. އަދި ޝާހީ އައިލާއިން އަންވަރަށް ހަމައެކަނި މައާފު ދެއްވަނީ ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ޝަރަފުވެރިކަމާއެކު އަލުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތުވެސް އަންވަރަށް ލިބިވަޑައިގެންދާނެ ކަމަށް މަހާތިރް ވަނީ ވިދާޅުވެފައެވެ.

ބަންދުގައި ހުންނަވަނިކޮށް ކުރި ކޮނޑުގެ ސާޖަރީއަކަށްފަހު ކުއަލަލަމްޕޫރް ހޮސްޕިޓަލެއްގައި ފަރުވާހޯއްދަވަމުން ދިޔަ އަންވަރު މިނިވަންވުމާއިއެކު ހޮސްޕިޓަލުން ނިކުމެވަޑައިގެން އެތަނަށް އެއްވެފައިވާ އޭނަގެ ސަޕޯޓަރުންނަށް ހަނާއެޅުއްވިއެވެ. މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އަންވަރު އެންމެ ފުރަތަމަވެސް ވަޑައިގަންނަވަނީ އެގައުމުގެ ރަސްގެފާނާއި ބައްދަލުކުރެއްވުމަށެވެ.

މީގެ ހަތަރުއަހަރު ކުރިން 2015 ވަނަ އަހަރު ދެވަނަ ފަހަރަށް އަންވަރު ޖަލަށް ލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ކޮރަޕްޝަންގެ މައްސަލަ ތަކެއްގައެވެ. ނަމަވެސް މި މިކަންތަކަކީ ސިޔާސީ ގޮތުން ބަޔަކު އޭނާ ފްރޭމް ކުރުމަށް ރޭވި ކަމެއްކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.