Last Updated: April 26, 23:59
Friday, April 26, 2024
މީހުން

އީނާ މަގާމުން އިސްތިއުފާ ދީފި

މީގެ އަހަރެއް ކުރިން ގަމުގައި ހުންނަ ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖަރަކަށް ހަމަޖެއްސި އީނާ ނަސީރު މިއަދު މަގާމުން އިސްތިއުފާ ދީފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް ގަން އޮފީހުން އީނާ އަށް ވަޒީފާ ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ފޭދޫ ޕީޕީއެމް ގޮފީގައި ވަަރަށް އިސްކޮށް ހަރަކާތްތެރިވާ އީނާ މަގާމުން އިސްތިއުފާ ދިންކަން ފޭސްބުކްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އެކަމަކު އިސްތިއުފާ ދިން ސަބަބެއް ބުނެފައެއް ނުވެ އެވެ.

screenshot-2016-10-01-12-45-57

އީނާއަކީ އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ފައިސަލްގެ އަންހެނުންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ވެސް އީނާ ވާދަ ކުރި އެވެ.