Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ލައިސަންސާ ގުޅޭ ހިދުމަތްތައް އައްޑޫގައި ހުއްޓުމަކަށް!

ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކައުންސިލުން ބޭއްވި ބައްދަލުވުމެއް.

އައްޑޫގައި ދެމުން ގެންދިޔަ އެއްގަމު އުޅަނދުފަހަރުގެ ލައިންސަންސާ ގުޅޭ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މީގެ ސަބަބުން އެތައް ބައެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގެ ޓްރާންސްޕޯޓް ޔުނިޓް މިހާރު ހިންގަނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނެސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު (ބީޑީއެސްސީ) ހިންގާ ހިތަދޫ ބިނާގަ އެވެ.

ކައުންސިލުން ބުނީ އެތަނަށް ޓްރާންސްޕޯޓް ޔުނިޓް ބަދަލު ކުރި ފަހުން ލައިސަންސް ފޯމް ބަލައި ގަތުމާއި ތިއަރީ ޓެސްޓް ހެދުން ފަދަ ލައިސަންސާ ގުޅުން ހުރި ހިދުމަތްތައް މިހާރު ނުލިބޭ ކަަމުފެ ޝަކުވާތައް ވަަރަށް ބޮޑު ކަމަށެވެ.

އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް މިއަދު ވިދާޅުވީ ކައުންސިލް އިދާރާގައި ހުރި ޓްރާންސްޕޯޓް ޔުނިޓަކީ އެ އީދާރާ އިން ލިބެމުން ދިޔަ ހިދުމަތްތަކުގެ ތެރެއިން އެންމެ ރަނގަަަޅަށް، އެންމެ ތަރުތީބުކޮށް ލިބެމުން ހިދުމަތް ކަމަށެެވެ.

gjhg

"އެކަމަކު މިތަނުގައި ހުރި ޔުނިޓް ހިތަދޫގެ އަމިއްލަ މީހެއްގެ އިމާރާތަކަށް ބަދަލުކޮށް، މިހާރު މުޅިން ވާނުވާ ނޭނގޭ ކަހަލަ ގޮތަކަށް އެކަން ގޮސްފައި އޮތީ. އެތަނުގައި ވެރިއަކު ނެތް. މަސައްކަތް ކުރަން ތިބި އެޑްމިނިސްޓްރޭޓިވް ތިން ހަތަރު ކުދިން ތިބީ. އެ ކުންދިން ވެސް ތިބީ ވާނުވާ ނޭނގުމެއްގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ތައްޔިބް ވިދާޅުވީ ކައުންސިލް އިދާރާ އިން ޓްރާންސްޕޯޓް ޔުނިޓް އެހެން ތަނަކަށް ބަދަކު ކުރީ ކޮން ސަބަބަކާ ހުރެކަން އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގިގެން ގެނައި ބަދަލެއް ނޫން އެއީ. ކައުންސިލުން ވަރަށް އެދޭ ކަމެއް ވީހާ ވެސް ތަރުތީބުކޮށް ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ދައުލަތުގެ ވުޒާރާތަކުން ދޭ ހިދުމަތްތައް އައްޑޫގެ ރައްޔިތުންނަށް ފަސޭހަ އިން ލިބުމަކީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ސަރުކާރުން މިހާރު ކަންތައްތައް މި ކުރާ ގޮތުން ރައްޔިތުން އުނދަގުލާއި ތުރާ ކުރިމަތިވުން ކަމެއް ނުވޭ. ވެރިން ތިބެނީ މާލޭގައި. މިތަނުގެ ކަންކަން އޮތް ގޮތެއް އެ ބޭފުޅުންނަކަށް އެނގިވައެއް ނުގަންނަވާ."

gfjgh

ތައްޔިބް ވިދާޅުވީ ލައިންސަންސް ފަދަ ރައްޔިތުންނާ ގުޅުން ހުރި ހިދުމަތްތައް އައްޑޫން ނުދެވި ދިއުމަކީ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ކީއްތޯ ކުރާނީ؟ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިދޭ ހުރިހާ ބާރުތަކެއް ސަރުކާރުން މި ވަނީ ނިގުޅައި ގަނެ، ރައްޔިތުން އުނދަގޫ ޖައްސަމުން،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.