Last Updated: April 26, 10:28
Friday, April 26, 2024
ރިޕޯޓް

ކޮޓީން ޖީއެޗްޑީ ގަންނަނީ

ފޮޓޯ: ގެޓީ އިމޭޖެސް

އިނގިރޭސިވިލާތުގެ އިސްތަށިގަނޑު ފަންކުރާ އެއްޗެހި އުފައްދާ ކުންފުންޏެއް ކަމަށްވާ ޖީއެޗްޑީ، ދުނިޔޭގެ އެންމެ މަޝްހޫރު ހެއާ ސްޓައިލިން ބްރޭންޑްތައް ހިންގާ އެމެރިކާގެ ކުންފުންޏަކަށް 420 މިލިއަން ޕައުންޑްއަށް ވިއްކާލަން ނިންމައިފި އެވެ.

ޖީއެޗްޑީ ނުވަތަ ގުޑް ހެއާ ޑޭ އުފެއްދީ ބްރެޑްފޯޑްގެ 3 ވިޔަފާރިވެރިންނެވެ. އެއީ 15،000 ޕައުންޑްއާއިއެކު 2001 ވަނަ އަހަރުގައެވެ.

އެއިރުއްސުރެ އެ ކުންފުނީގެ އިސްތަށިގަނޑު ފަންކުރާ އަޔަންތަކާއި ހެއާޑްރަޔާތައް ވަނީ ސްޓައިލިސްޓުންނާއި އެކި އެކި ތަރިންގެ މެދުގައި މަޝްހޫރުވެފަ އެވެ.

އެ ކުންފުނި ވިއްކާލަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޯޓީއަށެވެ. އެއީ ވެލާއާއި ކްލެއަރޯލް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި އެއް ފެންވަރެއްގައި ވާދަކުރާ ކުންފުންޏެކެވެ.

ދާދިފަހުން ކޯޓީއަށް ވަނީ 12.5 ބިލިއަންގެ ކުރިއެރުމެއް ލިބުމާއިއެކު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ބިއުޓީ ކުންފުނީގެ މަޤާމް ލިބިފައެވެ.

Print

ޖީއެޗްޑީގެ މައި އޮފީސް ހުންނަނީ ލަންޑަންގައެވެ. އަދި ޔޫކޭއާއި، އޮސްޓްރޭލިއާ، އެމެރިކާ އަދި ޔޫރަޕްގައި އެ ކުންފުނީގެ ބްރާންޗްތައް ހުރެއެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 178 މިލިއަން ޕައުންޑް ލިބިފައެވެ.

ހޯމަ ދުވަހު ނިއު ޔޯކްގައި ކޯޓީގެ ހިއްސާތައް 0.5 އިންސައްތަ މަތިވެ 23.43 ޑޮލަރަށް އެރިނަމަވެސް، ވޭތުވެދިޔަ 12 މަސްތެރޭގައި ހިއްސާތައް ވަނީ ގާތްގަނޑަކަށް 18 އިންސައްތަ ދަށްވެފައެވެ.