Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

"އެއް ލަކިން މަށަށް ލައިސަންސް" ދެނީ

"އެއް ލަކިން މަށަށް ލައިސަންސް" ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމެއް ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

މި ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ފުރަތަމަ ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާލޭގައެވެ. އަދި މި ޕްރޮގްރާމް ބާއްވާ ތަނާއި ތާރީޚާއި ވަގުތު އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގައި ވެސް ލައިސަންސް ދިނުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް މާކްސް ލިބޭ މީހުންނަށެވެ. ޕްރޮގްރާމްގެ ތެރެއިން ޑްރަވިންގް ޓެސްޓް ހެދޭ ކެޓަގަރީތަކަކީ، އޭ-ޒީރޯ، އޭ-ވަން، ބީ-ވަން، އަދި ސީ-ވަން އެވެ.

މި ޕްރޮގްރާމްގައި ޓެސްޓް ހެދުމާއި ދުއްވުން ކުރިއަށް ދާނީ އެއް ވަގުތެއްގައި އެއް ސަރަޙަދެއްގަ އެވެ.

މި މަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމް ކުރިއަށްދާ ސަރަހައްދުގައި ޕްރޮގްރާމުގައި ބައިވެރިވާ ފޯމާއި ލައިސަންސް ފޯމް ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނާނެ އެވެ. އަދި ފޯމްގައިޖަހާ ފޮޓޯ ނެގުމާއި އެކަމަށް ބޭނުންވާ ސްޓޭމްޕާއި ފައިސާ ދެއްކުމުގެ އިންތިޒާމުވެސް އެ ސަރަޙައްދެއްގައި ހަމަޖެހިފައި ހުނާނެ ކަމަށް މިނިސްޓްރީންބުނެއެވެ.

ލައިސަންސް ދޫކުރުމުގެ މި ޕްރޮގްރާމްމަކީ 18-35 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނަމަވެސް 35 އަހަރުން މަތީގެ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.