Last Updated: April 26, 20:24
Friday, April 26, 2024
ސިޔާސީ

މައުމޫން ފެކްޝަނަށް ނޭނގި މައްސަލަ އިސްތިއުނާފު!

އައްބާސް ވާފިރު މެމްބަރު ޝާޑް އާއި އެކު ފޮޓޯ: ފޭސްބުކް

ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް މައުމޫން ފެކްޝަނަށް ނޭގި އަމިއްލަ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މައުމޫން ފެކްޝަނުގެ ފަރާތުން ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެމައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ޝާހިދު (ޝާޑް) އާއި ގާތް ގުޅުމެއް އޮންނަ ހުޅުދޫ ފެންފިޔާޒް ވިލާ، އައްބާސް ވާފިރު އެވެ.

އައްބާސް ވާފިރު މެމްބަރު ޝާޑް އާއި އެކު ފޮޓޯ: ފޭސްބުކް
އައްބާސް ވާފިރު މެމްބަރު ޝާޑް އާއި އެކު ފޮޓޯ: ފޭސްބުކް

އައްބާސް އަކީ މަޖްލިސް އިންތިހާބްގެ ކެމްޕެއިން ފެށިގެން މެމްބަރު ޝާޑް އާއިއެކު ވަރަށް ގާތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީން އާއި ކޯޓުން ހަވާލުކުރީ މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވަން މައުމޫން ނިންމެވި ނިންމުން ބާތިލްކުރަން މެމްބަރު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ކުރިން ހުށަހެޅި މައްސަލާގައެވެ.

އައްބާސް ވާފިރު ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެ، މައްސަލައިގެ އަޑުއެހުމެއް ބާއްވަން ޝެޑިއުލްކޮށް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

ޕީޕީއެމް ތެރޭގައި ދެ ފެކްޝަން ހެދިފައިވާ އިރު ދެ ފެކްޝަނުންވެސް އަންނަނީ މަގާމުތައް އުފައްދައި މަގާމުތަކަށް މީހުން އައްޔަން ކުރަމުންނެވެ. ދެ ފެކްޝަނުންވެސް ބުނަނީ އެ ފެކްޝަންތައްް ސައްހަ ކަމަށެވެ.