Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ފިސްޑާ ބަލިކޮށް މީދޫ ވޮލީ ޓީމް ފައިނަލަށް

މީދޫ ވޮލީ ޓީމް ފުވައްމުލަކުގައި ކުޅެނީ: ފޮޓޯ ފުވައްމުލަކު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ފައިނަލްގެ ދެވަނަ ޓީމެއްގެ ގޮތުގައި މީދޫ ވޮލީ ޓީމް ދަތުރުކޮށްފިއެވެ.

މީދޫ ޓީމް ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް 3 ވަނަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ފިސްޑާ 3-1 ސެޓުން ބަލިކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް މީދޫ ޓީމުން ގެންގޮސްފައިވަނީ 17-25އިންނެވެ. މީދޫ ޓީމުން ހެދުނު ހެދުނު ބައެއް ގޯސްތަކާއި އެކު ފިސްޑާ ދެވަނަ ސެޓް ގެންގޮސްފައިވަނީ 21-25އިންނެވެ.
mvt

މީޑު ޓީމް ތިން ވަނަ ސެޓް 18-25 އިން ގެންދިޔަ އިރު ފަހު ސެޓް ގެންގޮސްފައިވަނީ 14-25 އިންނެވެ.

މުބާރާތުގެ ފައިނަލްގައި މީދޫ ޓީމް ވާދަ ކުރާނީ ފުވައްމުލަކު އަފުން ޓީމް އާއި އެވެ. މިދެޓީމް ސެމީގެ ފުރަތަމަ މެޗްގައި ބައްދަލުކޮށް 3-1 ސެޓުން ކާމިޔާބް ކުރީ އަފުން ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗް އަންނަ ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް މިއަހަރު ވަނީ ފުވައްމުލަކު ކައުންސިލުން ބޮޑުކޮށްފައެވެ.

އަންހެން ޑިވިޝަނާއި، ފިރިހެން ޑިވިޝަނުން ބައިވެރިވާ މި މުބާރާތުގައި ފުވައްމުލަކުން ބޭރުން ބައިވެރިވި ހަމައެކަނި ޓީމަކީ މީދޫ ވޮލީ ޓީމެވެ.