Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

މިއޮތީ ލުނބޯ ފެނުން ލިބޭ އަށް ފައިދާއެއް!

ދިވެހިރާއްޖޭގެ އާދަތައް ވަނީ ބަދަލުވެފަ އެވެ. ހުޅަނގު ޤައުމްތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ކޮންމެ ދުވަހަކު ނާސްތާއަކަށް ކޮފީއާއި ސައި ބޯ މީހުން ގިނައެވެ. އަދި ހަމަ މެންދުރު ކެއުމުގައި އާއި، ހަވީރުއާއި އަދި ރޭގަނޑުވެސް ކޮފީއާއި ސައި ބޯ މީހުން މަދެއް ނޫނެވެ.

އެހެންނަމަވެސް، ގިނަ ފަހަރަށް ފެން ބޯން އަޅުގަނޑުމެން ހަނދާނެއް ނުހުރެއެވެ. ފެން ބުއިމަކީ ވަރަށް މުހިންމު ކަމަކަށް ވާއިރު، ފެނަށް ލުނބޯ ފޮއްޗެއް ނުވަތަ ލުނބޯ ދިޔަ އަޅައިގެން ބުއިން ހަމަ އެހާމެ ރަނގަޅެވެ.

1. ގިނަ އަދަދެއްގެ ކޮސްމެޓިކް ޕްރޮޑަކްޓްތަކުން ސާފު، ރީތި އަދި ދުޅަހެޔޮ ހަންގަނޑެއްގެ ހުވަފެންތައް ދައްކައެވެ. އެހެންނަމަވެސް، އެ ޕްރޮޑަކްޓްތަކަށް އަޅާފައި ހުންނަ ކެމިކަލްތަކުން ކުރާ ގެއްލުން މާ ބޮޑެވެ. އެފަދަ އެއްޗެހި ބޭނުންކުރުމުގެ ބަދަލުގައި ލުނބޯ ފެން ބޭނުންކުރާށެވެ. ހަންގަނޑަށް ފައިދާކޮށް ދިނުމުގެ އިތުރުން ލުނބޯ ޖޫހަކީ ހަންގަނޑުގައި ލަކުނުލުމާއި، ރޫޖެހުންފަދަ ކަންކަމުގެ އަސަރު ކުޑަކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ހޫނު މޫސުމުގައި ހަންގަނޑަށް ފިނިކަން ގެނެސްދޭ އެއްޗެއްވެސްމެއެވެ.

2. ކާއެއްޗެހި ރަނގަޅަށް ހަޖަމްނުވުމުން ދިމާވާ މައްސަލަތަކަކީ ވަރަށް އާންމު ކަންކަމެވެ. ގިނަ އަދަދެއްގެ ބޭސް ބޭނުންކުރުމުގެ ބަދަލުގައި ހޫނު ފެނާއިއެކު ލުނބޯ ދިޔަ ބޭނުންކުރާށެވެ. ލުނބޯ ޖޫހަކީ ލޭ ސާފުކޮށް، ހަޖަމުކުރުމަށް ފަސޭހަކޮށް، ބަނޑު ހަރުވުން ހުއްޓުވައިދީ އަދި ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރުކޮށްދޭ އެއްޗެކެވެ.

3. ލުނބޯ ބޭނުންކުރުމަކީ އަނގައިން ނުބައި ވަސް ދުވުމާއި، ހިރުގަނޑުން ލޭ އައުމާއި އަދި ދަތުގައި ރިއްސުން ކުޑަކޮށްދޭ އެއްޗެކެވެ.

4. ލުނބޯގައި ވަރަށް ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވުމުން ލޭ މައްޗަށް ދިއުމާއި، ހޮޑުލަވާ ގޮތްވުން އަދި ބޯ އަނބުރާފަދަ ގޮތްތައް މެދުވެރިވުމުން ދުރުކޮށްދެއެވެ.

lemon

5. ލުނބޯ ފެނަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މުހިންމު އެއްޗެކެވެ. ލުނބޯ ފެން ބުއިމުން މީހާގެ މޫޑް ރަނގަޅުވެ، ޑިޕްރެޝަންއާއި ސްޓްރެސްފަދަ ކަންކަމުން ދުރުހެލިކޮށްދެއެވެ.

6. ލުނބޯ ފެން ބުއިމުން ފްލެމް މަދުވެއެވެ. އޭގެ ސަބަބުން ނޭވާލުމަށް ފަސޭހަވެއެވެ. މިއީ ނޭވާ ހިއްލާ މީހުން ނުވަތަ އެސްތުމާ ބައްޔަށް ފަރުވާ ކުރާ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ.

7. ލުނބޯ ފެނަކީ ހަށިގަނޑުގައި ފްރީ ރެޑިކަލްތައް އުފެދުން މަދުކޮށްދޭ އެއްޗެކެވެ. ފްރީ ރެޑިކަލްތަކަކީ ހަންގަނޑު އަވަހަށް މުސްކުޅި ކޮށްދޭ އަދި ހަންގަނޑަށް ގެއްލުންކުރާ އެއްޗެކެވެ. ލުނބޯ ފެނަކީ އޭގައި އެއްވެސް ކެލޮރީއެއް ހިމެނިގެންނުވާ އެންޓިއޮކްސިޑެންޓްއެކެވެ.

8. ކަރުގެ އިންފެކްޝަންތަކަށްވެސް ލުނބޯ ފެނަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ އޭގައިވާ އެންޓިބެކްޓީރިއަލް ޕްރޮޕަޓީގެ ސަބަބުންނެވެ. ލޮނު ފެނުން ކަރުގެ އިންފެކްޝަން ރަނގަޅު ނުވެއްޖެނަމަ، ލުނބޯ ފެނުން ކަރު ދޮވެލާށެވެ.