Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

"ޑަންގަލް" ގެ ޓްރެއިލާ ދައްކާލައިފި

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ އާމިރް ހާންގެ ރެސްލާއެއްގެ ރޯލުން ފެނިގެންދާ ފިލްމް "ޑަންގަލް" ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ފިލްމަކީ އިންޑިއާގެ މަޝްހޫރު ރެސްލަރު މަހާވީރް ޕޯގަޓްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެކެވެ.ފިލްމުގައި މަހާވީރުގެ ރޯލުން ފެނިގެން ދާނީ އާމިރެވެ.

ފިލްމުގައި އޭނާގެ ދައުރެއް ދައްކުވައި ދޭނެ އެވެ. އެއީ މަހާވީރްގެ ޒުވާން ދައުރާއި ފަހުން ދަރިން ލިބި، އޭނާގެ ދެ އަންހެން ދަރިން ވަރުގަދަ ރެސްލަރުންނަށް ހަދާ ގޮތް ފިލްމުގައި ފެނިގެން ދާނެ އެވެ.

images

"ޑަންގަލް" އަށް އާމިރް ވަނީ އޭނާގެ ހަށިގަނޑަށް ވެސް ހައިރާން ކުރުވަނިވި ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އަބަދުވެސް އާމިރްްގެ ފިލްމެއް ނަމަ މޮޅު ވާނެ ކަމަށް ގަބޫލް ކުރެވެ އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ ބެލި މީހުން މިހާރު އަންނަނީ އެއަށް ތައުރީފު ކުރަމުންނެވެ. އަދި ފިލްމް ވަރަށް މޮޅުވާނެކަން ޓްރެއިލާ އިން ވެސް ސާބިތުވެ އެވެ.

"ޑަންގަލް" ޑައިރެކްޓްކޮށްފައި ވަނީ ނިތޭޝް ތިވާރީ އެވެ. ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 23 ގަ އެވެ.