Last Updated: April 26, 11:19
Friday, April 26, 2024
ސިޔާސީ

އެމްޑީޕީ ނޫން ޕާޓީތަކާ ބައްދަލު ކުރަން މައުމޫންގެ ސިޓީއެއް

މައުމޫން އަދި އުމަރު ނަސީރު. ފޮޓޯ: ސަން

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ނުހިމަނައި އަދާލަތު ޕާޓީ އާއި ޖުމްހުރީ ޕާޓީ އަދި ޑީއާރްޕީގެ އިސް ލީޑަރުންނާއި ބައްދަލުކުރެވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޓީ ފޮނުއްވައިފި އެވެ.

ޕީޕީއެމް ދެފަޅިވެ، ދެ ފެކްޝަން ހެދިފައިވާ އިރު ރައީސް މައުމޫންގެ ފެކްޝަނުން އިއްޔެ ވަނީ ކުރިން މި ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި ބައެއް ބޭފުޅުންނާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ.

ޖުމްހުރީ ޕާޓީ އާއި، އަދާލަތު ޕާޓީ އަދި ޑީއާރްޕީ އަކީ ޕީޕީއެމް ވެރިކަމަށް ގެނައުމުގައި ވާގިވެރިވި ޕާޓީތަކެވެ. މި ޕާޓީތަކަށް ސަރުކާރުން ފުރުސަތު ދިންނަމަވެސް ހުރިހާ ޕާޓީތަކުންވެސް ވަނީ ޕީޕީއެމް ކޯލިޝަނުން ވަކިވެފައެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަ މިހާރު މިވަނީ ހައިކޯޓާއި ހަމައަށް ގޮސްފައެވެ. ޕާޓީ ހިންގުން މުސްތަޝާރު އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކޮށް މިއަދު ހައިކޯޓުގައި އަޑުއެހުމެއް ބޭއްވުމަަޑް ވަނީ ތާވަލް ކޮށްފައެވެ.