Last Updated: April 26, 11:19
Friday, April 26, 2024
ވިޔަފާރި

ސްރީ ލަންކަން އިން ގަމަށް 25 ޕަސަންޓް ޑިސްކައުންޓް

އަންނަ މަހުގެ އެއް ވަނަ ދުވަހު ސްރީ ލަންކާ އާއި ގަމާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފަށަން ނިންމައި، މިހާރު ޓިކެޓަށް ރިޒަވޭޝަން ހަދައި ދެމުން އަންނަ އިރު، ކަސްޓަމަރުންނަށް ސްޕެޝަލް އިންޓްރަޑަކްޓަރީ އޮފާއެއްގެ ގޮތުގައި 25 ޕަސަންޓްގެ ޑިސްކައުންޓެއް ދޭ ގޮތަށް ނިންމައިފި އެވެ.

ގަމާއި ކޮލޮބޯ އާ ދެމެދު ކުރާ ދަތުރެއްގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 342 ޑޮލަރަށެެވެ.

ސްރީ ލަންލަން އެއާލައިނުން ބުނި ގޮތުގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ހަފުުތާ އަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ.

ދަތުރުތައް އޮންނާނީ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގަ އެވެ.

gkuh

ގަމަކީ ސްރީ ލަންކަން އެއާލައިނުން އަލަށް ދަތުރުތައް ފަަށަން ނިންމި 11 މަންޒިލްގެ ތެރެއިން އެއް މަންޒިލެވެ.

ގަމާއި ކޮލޮމްބީ އާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތަކެއް ބާއްވަން ނިންމުމާ ގުޅިގެން ދަތުރުތަކަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބަމުންނެވެ.

ސްރީ ލަންކަން އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޑިސެމްބަރު އެއްވަނަ ދުވަހު ދަތުރުތައް ރަސްމީކޮށް ފަށާނެ ކަމަށެވެ.

ކޮލޮމްބޯ އާއި ގަމާ ދެމެދު ދަތު ކުރުމަށް ހަމަޖެހިފައި ވަނީ ސްރީލަންކަން އެއާލައިންގެ ފްލައިޓް ޔޫއެލް 119 އާއި ޔޫއެލް 120އެވެ.

ޔޫއެލް 119 ކޮލޮމްބޯ އިން ސީދާ ގަމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު ޔޫއެލް 120 ގަމުން ކޮލޮމްބޯ އަށް ދަތުރު ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.