Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

ބަދިގެއިން ދުވާ ވަސްތައް ނައްތާލާނީ ކިހިނެއް؟

ބަދިގޭގައި މަސައްކަތްކުރާއިރު އެންމެ ބިރުގަންނަން ޖެހޭ އެއްކަމަކީ ކައްކާއިރު އަވަން ނިއްވަން ހަނދާން ނެތުމުން، އަނދާފައިވާ ކާއެއްޗެހީގެ ވަސް މުޅިގޭގެ ތެރެއަށް ފެތުރިގެން ދިއުމެވެ.

އަދި ރިހަފަދަ އެއްޗެހި ކައްކާއިރުވެސް އޭގެ ވަސް ވަރަށް ގަދައަށް ބަދިގޭގައި ފެތުރެއެވެ. އާންމުކޮށް އެވަސްތައް ނައްތާލާނީ ކިހިނެއްކަން އަޅުގަނޑުމެންނަށް ނޭނގެއެވެ. އެހެންނަމަވެސް، އުފާވެރި ޚަބަރަކީ އެއީ މާ އުނދަގޫ ކަމެއް ނޫން ކަމެވެ.

1. ކައްކަން ފެށުމުގެ ކުރިން ކޮޓަރީގެ ދޮރުތައް ލައްޕާލާށެވެ. އެގޮތަށް ކަންތައް ކުރުމުން ބަދިގޭގައި ކައްކާއިރު ދުވާ ވަސްތައް ގޭގެ އެހެން ހިސާބުތަކަށް ނުފޯރާނެއެވެ. އަދި ހަމަ އެހެންމެ ކައްކަން ފެށުމުގެ ކުރިން ބަދިގެ ސާފުތޯ ބަލަންވާނެއެވެ.

2. ކައްކާ ނިމޭއިރު ސިންކުފުރާލައި ތަށިތައް ހުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ފެންނަ ފެނުމަށް ހަޑިކަމަކަށް ވެފައި، ފަހުން ކުރަން ހުންނަ މަސައްކަތް އިތުރު ކުރާ ކަމެކެވެ. ކައްކާ ނިމިގެން ވީހާވެސް އަވަހަށް ކެއްކުމަށް ބޭނުންކުރި ތެލިތަކާއި ތަށިތައް ދޮންނާށެވެ. މާގިނައިރު ވަންދެން ތަށިތައް ނުދޮވެ ބަހައްޓައިފިނަމަ، ކާއެއްޗެހީގެ ވަސް އޭގައި ހަރުލާގޮތް ވާނެއެވެ.

3. ބަދިގެއިން ވައި ބޭރުކުރުމަށް މަސައްކަތް ކުރާށެވެ. އެކަމަކަށްޓަކައި އެގްޒޯސްޓްއެއް ނުވަތަ ހުޑް (ދުންހޮޅި)އެއް ބޭނުންވާނެއެވެ. އެއިރުން ކައްކާއިރު ކާއެއްޗެހިން ނުކުންނަ ނުބައި ވަސްތައް ވައި ސާފުވާއިރު ނެތިގެންދާނެއެވެ.

4. ނުބައިވަސް ދުވާ ކުނި އެޅުމަށް ވަކި ޑަސްޓްބިންއެއް ބޭނުންކުރާށެވެ. މިއީ ނުބައި ވަސްތައް ނައްތާލުމަށް އޮތް އެންމެ ފަސޭހަ އެއް ގޮތެވެ. މަސް، ތަރުކާރީ އަދި މިނޫނަސް ކުނިވާޒާތުގެ ހުރިހާ އެއްޗެއް ވަކި ކޮތަޅަކަށް އަޅައި އެއްލާލާށެވެ. ނުވަތަ ބަދިގެއިންނާއި ގެއިން ބޭރުގައި ބަހައްޓާށެވެ.

5. ވިނެގާއަކީ ނުބައި ވަސްތައް ނައްތާލުމުގައި ވަރަށް އެހީތެރިވެދޭ އެއްޗެކެވެ. ކުރަން ޖެހޭހާވެސް ކަމަކީ ވިނެގާ ނުވަތަ ބޭކިންގް ސޮޑާ ތަށްޓަކަށް އަޅާފައި ރޭގަނޑު ނިދާއިރު ބަދިގެތެރޭގައި ބަހައްޓާށެވެ. ހެނދުނު ހޭލާއިރު ހުރިހާ ނުބައި ވަހެއް ވާނީ ފިލާފައެވެ. ސަބަބީ ވިނެގާއަކީ ނުބައި ވަސްތައް ދަމައިގަންނަ އެއްޗަކަށް ވާތީއެވެ.