Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

"އަޅުގަނޑުގެ ސަރުކާރު ހިމަތޮޅިވެފައި ލުއިވާނެ"

އަމާޒަކީ ހަރަދު ކުޑަ ހިމަތޮޅި ލުއިލުއި ސަރުކާރެއް އެކުލަވައިލުން ކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކަމަށް އިއުލާންކޮށްފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން އުމަރު ދެއްވި ބަޔާން އަޑު އަހައިލާށެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި އުމަރު ސިފަ ކުރެއްވި ގޮތުގައި އޭނާގެ ސަރުކާރަކީ ހަރަދު ކުޑަ، އިސްރާފު ކުޑަ، ކޮރަޕްޝަން ކުޑަ، ޓެކްސް ކުޑަ، ފީތައް ކުޑަ ޖޫރިމަނާތައް ކުޑަ، ހިމަތޮޅި ލުއިލުއި ސަރުކާރަކަށް ވާނެ ކަމަށެވެ.