Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ކުކުޅު ރިހަ ނުކައްކައިގެން މަންމަ މަރާލައިފި

އިންޑިއާގެ އަންދްރަޕްރަދޭޝްގައި މެންދުރަށް ކުކުޅު ރިހަ ނުކައްކައިގެން ފިރިހެނަކު އޭނާގެ މަންމަ އަށް ވަޅިން ހަމަލާދީ ވަރަށް ރަހުމު ކުޑަކޮށް މަރާލައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެޖަމް ކިޝޯރް، 45، އިއްޔެ ހެނދުނު ކުކުޅު ގަނެގެން އޭނަގެ 80 އަހަރުގެ މަންމަ އަށް އެ ކައްކަން ހަވާލުކޮށްފައި ކިޝޯރް ދިޔައީ ރާ ބޯންށެވެ.

ރާ ބޮއެގެން މެންދުރު ގެއަށް އައި އިރު ހުރީ ނުކައްކަ އެވެ. އެހެންކަމުން އައި ރުޅީގައި ވަޅިން ހަމަލާދީ މަރާލީ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މަންމަ ބެޖަމް މިރިއައްމާ ވަނީ އެތަނަށް މަރުވެފަ އެވެ.

އަވައްޓެރިންނަށް ހަޅޭއްފަޅޭކުގެ އަޑު އިވިގެން ފުލުހުންނަށް މިކަން ރިޕޯޓް ކުރީ އެމީހުންގެ އަވައްޓެރިންނެވެ. އެއާ އެކު ކިޝޯރް ވަނީ ފިލައިފަ އެވެ.

އިންޑިއާގެ ފުލުހުންދަނީ ކިޝޯރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.