Last Updated: May 3, 11:12
Friday, May 3, 2024
މުނިފޫހިފިލުވުން

ދީޕިކާ ދިރިއުޅޭ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން މުމްބާއީގައި ދިރިއުޅޭ ބިއުމޮންޑް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މުމްބާއީ ފުލުހުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޯވީ ޓަރުގެ 33 ވަނަ ފަންގިފިލާގަ އެވެ. އަދި އެ ޓަވަރުގެ އެކި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ އެޕާޓްމަންޓްތަކުން ބޭރަށް ނެރެފަ އެެވެ. އެތަނުން ދުންއަރާ މަންޒަރު ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި އިރު، ދީޕިކާ އޭނާގެ އެޕާޓްމަންޓްގައި ހުރިތޯ ނުވަތަ ނޫންތޯ ވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު ފަހުން ދީޕިކާ ކުރި ޓްވީޓެއްގައި އޭނާ ހުރީ ސަލާމަތުން ކަމަށް ބުންޏެވެ.

ބިއުމޮންޑް ޓަވަރަކީ މަތީ ފެންވަރުގެ އެޕާޓްމަންްޓްތައް ހިމެނޭ ޓަވަރެކެވެ.