Last Updated: March 29, 13:37
Friday, March 29, 2024
ދުނިޔެ

ޖިންސީ ފުރައްސާރައާ ދެކޮޅަށް ޖާޕާންގެ ބޮޑުވަޒީރު

ޖަޕާނުގެ ބޮޑުވަޒީރު : ޝިންޒޯ އާބޭ – ފޮޓޯ : އޭއެފްޕީ

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވައިފިއެވެ.

އާބޭ ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުމަކީ އިންސާނީ ހައްގުތަކާއި ކަނޑައެޅިގެން ޚިލާފުކަމައްކަމާއި މިކަމަށް އެއްވެސް ފުރުސަތެެއް ނެތްކަމަށެވެ.

އާބޭ ވަނީ ޖަޕާނުގެ ހުރިހާ ވުޒާރާތަކަށް ޖިންސީ ފުރައްސާރަކުރުމާއި ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.

އާބޭގެ މި ނިންމެވުމާއި ގުޅިގެން ޖަޕާނުގެ އެކި ވުޒާރާތަކުގެ މަތީ މަގާމުތަކުގައި ތިއްބަވާ އޮފިޝަލުން ޖިންސީ ފުރައްސާރައާއި ގުޅޭގޮތުން ޓްރެއިނިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށް މަޖުބޫރުވާނެއެވެ.

އަދި މަގާމުގެ ކުރިއެރުން ލިބުމުގެ ކުރިންވެސް މި ޕްރޮގްރާމްގައި ބައިވެރިވާން ކޮންމެހެން ބައިވެރިވާން ޖެހޭގޮތަށް ގަވާއިދުވަނީ އިސްލާހުކޮށްފައެވެ.

ޖަޕާނުން މި ފިޔަވަޅުތައް އަޅަން ނިންމީ، އެގައުމުގެ ފައިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.