Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

މެސީ ދެކެ ލޯބިން އާޖެންޓީނާގެ ކުލަތަކުން ގެ ޖަރީކޮށްފި

ޕަތްރާ މީހަކަށް ސައި ވިއްކުމުގައި . – ފޮޓޯ : އޭއެފްޕީ

މެސީ ދެކެ އިންތިހާއަށް ލޯބިވާ އިންޑިއާ މީހަކު އޭނާގެ ގޭގައި އާޖެންޓީނާގެ ކުލަތަކުން ޖަރީކޮށް ވަރަށް ފުރިހަމައަށް ވޯލްޑްކަޕަށް ތައްޔާރުވެއްޖެ އެވެ.

ކަލްކަތާގެ ޕަތްރާއަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕުން ޑިއޭގޯ މަރަޑޯނާގެ ކުޅުން ފެނި އަރޖެންޓީނާގެ ބޮޑު ސަޕޯޓަރެކެވެ. އޭއެފްޕީއާއި ވާހަކަ ދައްކަމުން ޕަތްރާ ބުނިގޮތުގައި މެސީ ދެކެ އޭނާ ވަރަށް ލޯބިވާކަމަށާއި އޭނާގެ މުޅި އާއިލާއަކީ ވެސް މެސީ އަދި އާރޖެންޓީނާގެ ސަޕޯޓަރުންކަމަށެވެ.

އަމިއްލަ ގޭގައި ސައި ވިއްކައިގެން އުޅޭ ޕަތްރާ ފުރަތަމަ މަސައްކަތްކުރީ ސައި ވިއްކައިގެން އާރޖެންޓީނާގެ މެޗެއް ބެލުމަށް ރަޝިއާއަށް ދިއުމަށެވެ. ނަމަވެސް މިކަން ކާމިޔާބު ނުވުމުން ޕަތްރާވަނީ މުޅިގޭގެ ކުލަބަދަލުކޮށްލާފައެވެ.

ޕަތްރާގެ ގޭގެތިރީބައިގައި ހިންގާ ފިހާރަ – ފޮޓޯ : އޭއެފްޕީ

މިވަރުން ޕަތްރާ ފުއްދާލީކީއެއް ނޫނެވެ. އޭނާގެ ގޭގެ ފާރުތައް ފަޅުފިލުވަން ވަނީ މެސީގެ އެކި އެކި ޕޯސްޓަރުތަށް ވެސް ހަރުކޮށްފައެވެ.

މީގެއިތުރުން ޕަތްރާ ވަނީ މެސީގެ އުފަން ދުވަސް ފާހަގަކުރުމަށް ޚާއްސް ހަރަކާތްތަކެއް މެސީގެ ސަޕޯޓަރުންނާއި އެކު ކުރިއަށް ގެންދާނެ ކަންވެސް ހާމަ ހާމަކޮށްފައެވެ. މިގޮތުން ކޭކެއް ފެޅުމާއި މެސީ ގެ ތަސްވީރު ޖެހި ޓީޝާޓް ވެސް ބަހާނެކަމަށް ޕަތްރާ ބުނެފައިވެއެވެ.

ފީފާ ވޯލްޑްކަޕް މާދަމާ ފެށޭއިރު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފުޓްބޯޅަ ފޭނުންވަނީ ތަފާތު މޮޅެތި ގޮތްގޮތަށް ތައްޔާރުވާން ފަށާފައެވެ.