Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ކެމްބޯޑިއާގެ ޕްރިންސްގެ ދެކަނބަލުން އެކްސިޑެންޓްވެއްޖެ

ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ޕްރިންސް ރަނަރިދް _ ފޮޓޯ : ރޮއިޓާސް

ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ޕްރިންސް ރަނަރިދް އާއި އޭނާގެ އަނބިކަނބަލުން ދަތުރު ކުރައްވަމުން ގެންދެވި ކާރު އެކްސިޑެންޓެއްވެ އަނބިކަނބަލުން އަވަހާރަވެ ޕްރިންސް ރަނަރިދަށް އަނިޔާވެއްޖެ އެވެ.

ކެމްބޯޑިއާގެ ދެކުނުގެ ހައިވޭއަކުން ދިޔަ ރަނަރިދް ގެ މޮޓޯކޭޑް އެކްސިޑެންޓވީ އިދިކޮޅަށް ދުއްވާފައި ދިޔަ ޓެކްސީއަކުން ޖެހިގެން ކަމަށް ޕްރީއަ ސިހަނޫކް ޕްރޮވިންސްގެ ފުލުހުންގެ އިސްވެރިޔާ ޗޫން ނާރިން ވިދާޅުވެފައިވާ ކަމަށް ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓްކޮށްފައިވެ އެވެ.

އެކްސިޑެންޓަށް ފަހު ރަނަރިދާއި އޭނާގެ އަނބުކަނބަލުން ވަނީ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ބޮޑެތި ހާނިއްކަތައް ރަނަރިދަށް ލިބުނު ނަމަވެސް އޭނާގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ކެމްބޯޑިއާގެ ކުރިއަށް އޮތް އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ވަޑައިގަންނަވަނިކޮށެވެ.