Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

ޖޯ ލޯ ސަރުކާރާ އެކީ ޑީލެއް ހަދަން އުޅެފި

ވިޔަފާރިވެރިޔާ ޖޯލޯ (ވ) އަދި މެލޭޝިއާގެ ބޮޑުވަޒީރު ޑރ. ތުން މަހާތީރު (ކ) _ފޮޓޯ : ވޯލް ސްޓްރީޓް ޖާނަލް

މެލޭޝިއާގެ 1އެމްޑީބީ މައްސަލައިގައި ހޯދަމުންދާ ޖޯ ލޯ މެލޭޝިއާގެ އާ ސަރުކާރާއި އެކު ޑީލެއް ހެދުމަށް މަސައްކަތް ކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓްކޮށްފި އެވެ.

މިގޮތުން ލޯވަނީ އެނާގެ އަތުގައިހުރި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އެސެޓުތަށް މެލޭޝިއާ ސަރުކާރަށް ހަވާލުކުރާ މަތިން އޭނާ އަށް ދައުވާ ނުކުރަން އެދި ޑރ. ތުން މަހާތީރަށް ދަންނަވައިފަ އެވެ. ނަމަވެސް ޑރ. މަހާތީރު ވަނީ މިހުށަހެޅުމާ ދެކޮޅު ހައްދަވައިފަ އެވެ.

އެގޮތުން ޑރ. މަހާތީރު ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވީ ލޯގެ އެ ހުށަހެޅުން ގަބޫލު ކުރާނެ ޖާގައެއް މެލޭޝިއާގެ ގާނޫނުތައް ތަން ނުދޭކަމަށާއި އޭނާއަކަށް އޭނާ ކުރި ކުށަކުން ބަރީޢަ ނުވެވޭނެ ކަމަށެވެ.

މަހާތީރު ވިދާޅުވި ގޮތުގައި 1 އެމްޑީބީގެ މައްސަލަ ވަރަށް ހަލުވިކަމާއި އެކީ ކުރިއަށްދާ ކަމަށާއި މިކަން ކުރުމަށް ވަރަށް ވަގުތު ހޭދަވާނެ ކަމަށެވެ. އަދި ކުރީގެ ބޮޑު ވަޒީރު ނާޖީބް ރަޒަކް އަށް ދައުވާ ކުރެވޭ ވަރު ހެކި ހުރެގެން ނޫނީ މައްސަލަ ކޯޓަކަށް ނުވައްދާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވިޔަފާރިވެރިޔާ ލޯ މިހާރު އުޅެނީ ޗައިނާ ސަރަހައްދުގެ އެކި ގައުމުތަކުގައެވެ. މިގޮތުން ޗައިނާ، ހޮންގްކޮންގް އަދި މަކާއޯގައި ވެސް ލޯ އުޅެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ބުންޏެވެ.