Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ

އިސްރާއީލުގެ ނަތަންޔާހޫއާއި ނިކީ ހޭލީ .

އެމެރިކާ އިން އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެއްޖެ އެވެ.

ސާޅީސް ހަތް މެމްބަރުން ތިބޭ މި ކައުންސިލުން އެމެރިކާ އިން ނިންމިކަން ހާމަކޮށް ދެއްވީ އެމެރިކާ އިން އދ އަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ނިކީ ހޭލީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސީއެންއެން އިން ރިޕޯޓް ކޮށްފައިވާގޮތުގައި ނިކީ ވަނީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވަނީ އެ ކައުންސިލަކީ ސިޔާސީ ނުފޫޒުން ފުރިގެންވާ އަދި އިސްރާއީލާއި ޖައްސާލައިގެން އުޅޭ ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވެސްވަނީ ކައުންސިލަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުގައި ހިމެނޭ އިންސާނީ ހައްޤުތަކައް އަރައި ގަންނަ ކަމަށް މަޝްހޫރު އެތަކެއް ގައުމުތެކެއްގެ ބޭނުމަކީ އެހެން ބަޔަކާ ދިމާލަށް އިނގިލި ދިއްކޮށް އެ ގައުމުތަކަށް ލޯ ހިނގާ މިންވަރު މަދު ކުރުން ކަމަށެވެ.

އެމެރިކާ އިން އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ވަކިވެފައި މިވަނީ އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަހައްދުން އެމެރިކާއިން ހިފަހައްޓާ މައިންނާއި ދަރީން ވަކިކުރާ މައްސަލާގައި އެމެރިކާއަ ށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.