Last Updated: April 24, 11:55
Wednesday, April 24, 2024
ޚަބަރު

ތުރުކީގެ އިންތިހާބު އުރުދުޣާން ކާމިޔާބުކޮށްފި

ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބު ރަޖަބް ތައްޔިބް އުރުދުޣާން ފުރަތަމަ ބުރުން ކާމިޔާބު ކުރައްވައިފި އެވެ.

ތުރުކީގެ ރަސްމީ ނޫސް އިދާރާ އަނަދޮލޫ އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި 99 އިންސައްތަ ވޯޓު ގުނައި ނިމުނު އިރު އުރުދުޣާނަށް ލިބިވަޑައިގަތީ 52.54 އިންސައްތައެވެ. އުރުދުޣާނާއި އެންމެ ގާތުން ވާދަ ކުރި މުހައްރަމް އިންސަށް ލިބިފައިވަނީ 31 އިންސައްތަ ވޯޓެވެ.

އަންކަރާގައި ހުންނަ ޕާޓީގެ މައި އިދާރާގެ ބެލްކަނިއަށް ނިކުމެ ހުންނަވައި އުރުދުޣާންވަނީ އެއްވެފައިތިބި އެތަކެއްހާސް ސަޕޯޓަރުންނާއ އެކީ އުފާފާޅު ކުރައްވައިފަ އެވެ.
އުރުދުޣާން ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ވިދާޅުވީ ތުރުކީން ކުރިއަށް އޮތް ތަނުގައި ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށައި ސީރިއާގެ ބިންތައް މިނިވަން ކުރުމުގެ ހަނގުރާމަ ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ރައްޔިތުން މިއަދު ވޯޓު ދިނީ ހައްޤުތަކަށާއި މިނިވަން ކަމަށް ކަމަށެވެ. އަދި ގައުމުގެ ތަރައްގީއާއި ކުރިއެރުމަށާއި ދުނިޔޭގައި ތުރުކީގެ ނަން ވިދާލުމަށް ކަމަށެވެ.

https://platform.twitter.com/widgets.js

އެއްވެފައި ތިބި މީހުން ގިނަކަމުން އުރުދުޣާނަށް ވަނީ ވަރަށް ބޮޑަށް އަސަރު ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.