Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

"ސަލާމަތީ ބާރު ބޭނުން ނުވާ ނަމަ ވެރިކަން ހައްގެއް ނޫން"

ސިފައިންނާއި ފުލުހުންގެ ދައުރު ވަޒަން ކުރަން ނޭނގޭ ބަޔަކަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރަން ހައްގެއް ނޫންކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުވާލައި ކޯސްޓް ގާޑާއި މެރިން ޕޮލިސް އުފައްދާނެ ކަމަށް އޭނާ ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ތިޔަ ފަދަ ވެރިކަމެއް ދިވެހިންނަށް ނުދައްކަވާނެކަމަށެވެ.

"ތިޔަ ފަދަ ވެރިކަމެއް ދިވެހިންނަށް ނުދައްކަވާށި- އާމީން، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްްޓާ، ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން އަދާކުރި ދައުރު ވަޒަން ކުރަން ނޭގޭ ބަޔަކަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރަން ހައްގެއް ނޫން".

ނިހާނު ފުލުހުންނާއި ސިފައިންނަށް ތައުރީފްކޮށް ޓްވީޓު ކުރެއްވި އިރު ސުއޫދު ވިދާޅުވީ އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ތިބޭނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް ކަމަށާއި، އެމްއެންޑީއެފް އުވާލައިގެން ސަލާމަތް ކުރެވޭ ފައިސާ ޚަރަދު ކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްޤީކުރަން ކަމަށެވެ.

ސުއޫދު ވިދާޅުވީ އެމްއެންޑީއެފްއަށް ދުވާލެއްގެ މައްޗަށް 7 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށެވެ.