Last Updated: April 26, 06:14
Friday, April 26, 2024
މުނިފޫހިފިލުވުން

ދިވްޔަންކާ އާއި ވިވެކް ރާއްޖޭގައި

އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދިވްޔަންކާ ތުރިޕަތީ އާއި އޭނާގެ ފިރިމީހާ ކަމަށްވާ އެކްޓަރު ވިވެކް ދަހިޔާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ދެމީހުން ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މި ދެމީހުން ރާއްޖެ އައީ ކައިވެނީގެ ދެވަނަ އެނިވާސަރީ ފާހަގަކުރުމަށެވެ. އެ ދެ ތަރިން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާ ވިޓާވެލި ރިސޯޓުގަ އެވެ.

ދިވްޔަންކާ ވަނީ އެ މީހުން ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ވީޑިއޯކޮޅެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މި ޑްރާމާގައި ހާއްސަ ރޯލެއް އޭނާގެ ފިރިމީހާ ވިވެކްވެސް ކުޅެފައިވެ އެވެ.

ދިވްޔަންކާ އެންމެ މަޝްހޫރުވެގެން ދިޔައީ މިހާރުވެސް ސްޓާ ޕްލަސް އިން ދައްކާ ސީރިއަލް "ޔޭ ހޭ މޮހައްބަތޭން" އިންނެވެ. މި ޑްރާމާގައި ހާއްސަ ރޯލެއް އޭނާގެ ފިރިމީހާ ވިވެކްވެސް ކުޅެފައިވެ އެވެ.

މީގެ އިތުރުން މިހާތަނަށް ދިވްޔަންކާ ފެނިގެންދިޔަ ޑްރާމާތަކުގެ ތެރޭގައި "ބަނޫ މޭ ތޭރީ ދުލްހަން"، "ތޭރީ މޭރީ ލަވް ސްޓޯރީ" އަދި "ކުޗް ތޯ ހޭ ތޭރޭ މޭރޭ ދަރްމިޔާ" ހިމެނެއެވެ.

ވިވެކް އާއި ދިވްޔަންކާ ވަނީ މިދިޔަ އަހަރު ސްޓާ ޕްލަސް ގެނެސް ދިން ޑާންސް ޝޯ "ނަޗް ބަލިޔޭ 8" ގައި ވާދަކޮށް އެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.