Last Updated: May 15, 06:34
Wednesday, May 15, 2024
ކުޅިވަރު

ބެލޮންޑިއޯ އަށް ވުރެ އެމްބާޕޭ ބޭނުމީ ވޯލްޑްކަޕް

ބެލޮންޑިއޯ އެވޯޑް ފަދަ ވަކި ކުޅުންތެރިންނަށް ދެވޭ އެވޯޑް ތަކަށް ޝައުޤުވެރިކަމެއް ނެތް ކަމަށާއި މުހިއްމީ ވޯލްޑްކަޕް ކަމަށް ފްރާންސްގެ ޒުވާންތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ ޓީއެފް1 އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނެފައިވަނީ، އަމިއްލަ އަށް ހޯދޭ އެވޯޑުތަކަށް ވުރެ ޓީމަށް އެހީތެރިވުން އޭނާ އަށް މުހިއްމު ކަމަށެވެ.

"އަހަރެން ބެލޮންޑިއޯ އާއި މެދު ނުވިސްނަން އަހަރެން ބޭނުމީ ވޯލްޑްކަޕް" އެމްބާޕޭ ބުންޏެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ މިފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ބުނެއެވެ.

ފްރާންސް ޓީމާއި އެކު އެމްބާޕޭ ދައްކަމުން އަންނަ މޮޅު ކުޅުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އޭނާ އަކީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީގެ ކޮޕީ އެއް ކަމަށް ވެސް ބުނަމުންނެވެ.