Last Updated: May 11, 06:48
Saturday, May 11, 2024
ކުޅިވަރު

ރެއާލާ ދެކޮޅަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗް އަންނަ މަހު؟

އޯގަސްޓް މަހުގެ 25 ވަނަ ދުވަހު އެމެރިކާގައި ކުޅުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޔުވެންޓަސް އާއި ރެއާލް ބައްދަލުކުރާނެއެވެ. އެއީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަށާއި ޔުވެންޓަސްގެ ސަޕޯޓަރުންނަށް ވެސް ވަރަށް ޚާއްސަ ދުވަހަކަށް ފަހަރެއްގައި ވެދާނެއެވެ.

ޔުވެންޓަސް އާއި ރެއާލް ބައްދަލުކުރާ މެޗްގައި ރޮނާލްޑޯ ކުޅޭނެ ކަން ޔުވެންޓަސް އިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ އެ މެޗްގައި ކުޅެފި ނަމަ ވެގެންދާނީ ރެއާލް އާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަށެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހު ޔުވެންޓަސް ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ރަސްމީކޮށް ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއާ އެކު ރޮނާލްޑޯ ސޮއިކުރިއިރު، އޭނާ އަކީ އެ ކްލަބުން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިއާ އެވެ. އޭނާގެ ޓްރާންސްފަރ ފީގެ ގޮތުގައި ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ ރެއާލް އަށް ދައްކާނެއެވެ.