ޚަބަރު

އިބޫ އަށް ރައްކާތެރި ކަމަށް އެދެން: ޝަހީމް

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރައްކާތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިއްޔެ އިބޫ އެރަށަށް ވަޑައިގަތުމުން ބަޔަކު ވަނީ ދެ ފަހަރެއްގެ މަތިން އިބޫ އަށް ހަމަލަ ދިނުމަށް މަސައްކަތްކޮށްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޑރ.ޝަހީމް މިރޭ ވިދާޅުވި ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިޚަށް ރައްކާތެރިކަން ދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާ ކަަމަށެވެ. އަދި އިބޫ އަށް ދޭން މަސައްކަތް ކުރި ހަމަލާތަކާއި ގުޅިގެން އިބޫ އާއި ކޯޑިނޭޓް ކުރެއްވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިހަށް ދުވަހު ވެސް އެމަނިކުފާނަށް އެކުރިމަތިވި ކަންތައް. އަޅުގަނޑުވެސް އެމަނިކުފާނަށް ތައު…… ކޯޑިނޭޓްކުރިން. އެމަނިކުފާނަށް ރައްކާތެރިކަން ދެއްވުމަށް އެދި އަޅުގަނޑު ދުޢާކުރަން" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވި ގޮތުގައި، އިބޫ އަކީ އޭނާ ވަރަށް ޤަދަރުކުރާ ބޭފުޅެއް ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ވެސް ކެމްޕެއިންގެ ކަންތައް ވީހާވެސް އަމާންކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.