ޚަބަރު

ނަޝީދު ގަތުލު ކުރަން ލައްމާން ގޮވާލައިފި

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން ޓްވިޓާގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދެއްވައިފިއެވެ.

މިއީ ރާއްޖޭގައި ޓްވިޓަރ މެދުވެރިކޮށް ލައްމާން މަރުގެ އިންޒާރު ދިން ނަމަވެސް އޭނާ ވަނީ ކުޑައިރުކޮޅެއް ފަހުން އެ ޓްވީޓް ޑިލީޓް ކޮށްފައެވެ.

ރައީސް ނަޝީދު އަންގާރަ ދުވަހު ކުރެއްވި ޓްވީޓަކަށް ރިޕްލައި ރައްދު ދީ ލައްމާން ވަނީ "ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް" ގޮވާލާފައެވެ.

ނަޝީދު މަރާލުމަށް ގޮވާލައި ލައްމާން ކުރި ޓްވީޓް. އޭނާ ވަނީ މި ޓްވީޓް ޑިލީޓްކޮށްފައި

ރައީސް ނަޝީދަށް އިންޒާރު ދިނުމާއި އެމަނިކުފާނަށް ދެރަގޮތްތައް ވުން އެދި ސަރުކާރުގެ ބައެއް ފަރާތްތަކުން ވަރަށް ގިނައިން ޓްވީޓް ކުރެއެވެ. އެހެންނަމަވެސް މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ނަޝީދުއަށް އިންޒާރު ދިން ފުރަތަމަ ފަހަރެވެ.

ލައްމާންގެ ޓްވީޓްގެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާ ވަނީ ނަޝީދު ގަތުލުކުރުމަށް ގޮވާލައި ޓްވީޓްކޮށްފައި ނުވާނެ ކަމަށާއި އަދި އެއީ ބަޔަކު އޭނާގެ އެކައުންޓް "ހެކްކޮށްގެން ކުރި ޓްވީޓެއް" ކަމަށް ބުނެފައެވެ.