Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

"އަނިޔާ" އިން ޖުމައްޔިލް ލޯންޗް ކުރަނީ

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލްގެ ފިރިހެން ދަރިފުޅު ޖުމައްޔިލް ނިމާލް "އަނިޔާ" އިން ލޯންޗް ކުރަން ތައްޔާރުވެއްޖެ އެވެ.

ނިމާލް ޑައިރެކްޓްކޮށް އަދި އޭނާގެ ދަރިފުޅު ލީޑް ރޯލް ކުޅެފައިވާ ފުރަތަމަ ފިލްމް "އަނިޔާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގަ އެވެ.

ނިމްސް ފިލްމާއި ފަރިވާ ފިލްމްސް ގުޅިގެން އުފައްދާފައިވާ "އަނިޔާ" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެ އަދި ޑައިރެކްޓްކޮށްފައިވާ ނިމާލް ބުނީ ޖުމައްޔިލްގެ ފުރަތަމަ ފިލްމަކީ ކާމިޔާބް ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޖުމައްޔިލްގެ އިތުރުން "އަނިޔާ" ގައި ނިއުމާ މުހައްމަދު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި ފާތިމަތު ފަރީލާ ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

ނިމާލް ބުނީ ފިލްމްގެ އެއް ލަވަ ފިޔަވައި އެހެން ހުރިހާ މަންޒަރުތަކެއް މިހާރު ނަގައި ނިންމައި، ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނިމާލް ބުނީ އޭނާގެ އަމިއްލަ ވާހަކައަކަށް ތައްޔާރުކޮށްފައިވާ "އަނިޔާ" ގައި ކިޔައި ދޭނީ މައިންބަފައިން އަޅާ ނުލައި ބިކަކޮށްލުމުން ފިރިހެން ކުއްޖެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކެއް ކަމަށެވެ.