Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓްވި ޖަޒްލާން މަރުވެއްޖެ

ހުޅުމާލޭގައި ދުއްވި ސައިކަލެއް ކައްސާލައިގެން ވެއްޓި، ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި މުހައްމަދު ޖަޒްލާނަަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އޭނާ ދުއްވި ސައިކަލް ބަމްޕަރުގައި ޖެހުމުން އޭނާ ގޮސް ވެއްޓުނީ ވަރަށް ދުރަށް ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނައިވެ އެވެ. އެ ވަގުތުން ފެށިގެން ވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށްވެ އެވެ.

އެކްސިޑެންޓުވުމުން ރޭ 9:00 ޖަހާއިރު ޖަޒްލާން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ސީރިއަސްކަމުން ފަހުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ޖަޒްލާނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދަ ކުރި މީހެކެވެ.