Last Updated: April 23, 20:38
Tuesday, April 23, 2024
ރިޕޯޓް

އޮޅުން ބޮޅުން: ބިން ހިއްްކަން 6 މިލިއަން، ތާރަށް 8 މިލިއަން!

ރައީސް ޔާމީންގެ ވެރިކަމުގައި ތާރު އަޅައިގެން ހަދާފައިވާ ފޭދޫ ރަށްދެބައި މަގު.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުުރު ނިމެނުންދާއިރު އެމަނިކުފާންގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ "ރަށްވެހި ތަރައްޤީ" ފޮތުން އާދަޔާ ހިލާފު މައުލޫމާތު ހިމަނާފައިވާތީ ރައްޔިތުންގެ ފާޑު ކިއުންތައް އަމާޒުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ވަކިވަކިން ހިމަނައި ތައްޔާރުކޮށްފައިވާ "ރަށްވެހި ތަރައްޤީ"ގެ އެކި މަޝްރޫއުތަކުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި ހިންގާފައިވާ މަޝްރޫއުތަކަށް ބަލާލާނަމެވެ. އެގޮތުން ފޭދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އެރަށުގައި 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނާއި ދިމާކޮށް ހެދި ރަށްދެބައި މަގު ތާރު އަޅައި ހެދުމަށް ކުރި ހަރަދެވެ. އެއީ 340 މީޓަރ ނުވަތަ 1000 ފޫޓުގެ މަގެކެވެ.

https://ravvehi.gov.mv/island/seenu-feydhoo-seenu

"ރަށްވެހި ތަރައްޤީ"ގެ ފޮތުގައި ފޭދޫ ރަށްދެބައި މަގު ހެދުމަށް ކުރި ހަރަދުގެ ގޮތުގައި ޖަހާފައިވަނީ 7،997،680.05 ރުފިޔާއެވެ.

2016 ވަނަ އަހަރު ފޭދޫ ބިން ހިއްކައި ނިންމާފައިވާ އިރު އެ މަޝްރޫއަށް ހަރަދު ކުރިކަމަށް "ރަށްވެހި ތަރައްޤީ" ފޮތުގައި ބުނެފައިވަނީ 6،260،051.20 ރުފިޔާއެވެ.

ފޭދޫ ވަށައިގެން ހިއްކާފައިވާ 64 ހެކްޓަރު ބިން ހިއްކުމަށް 6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ލިޔެފައިވާ އިރު މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ފޭދޫ ބިން ހިއްކުމަށް 155 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ސީދާ ރައީސް އޮފީހުން ނެރެފައިވާ "ރަށްވެހި ތަރައްޤީ" ފޮތުގައި މިގޮތަށް ޖަހާފައިވާތީ ފޭދޫ ބިން ހިއްކުމަށް ދައުލަތުން ކުރި ހަރަދު މިވަނީ އޮޅިފައެވެ. އަސްލު އަދަދަު އެނގެނީ ކާކަށް ހެއްުޔެވެ؟