Last Updated: April 26, 16:59
Friday, April 26, 2024
އައްޑޫ ބަހުން

އެންމެ ހަލޫ، އެންމެ އަގަހެއު އިންޓަނެޓް ރެއި ދެރެފިއަ!

ދިވެހި ރާއްދެ މިކޯ ދޭ އެންމެ ހަލޫ، އެންމެ އަގަހެއު އިންޓަނެޓު ރެއި މަރަދޫ، އަދި މަރަދޫފޭދޫއަށް އުރީދޫން ދެރެފިއަ.

މަރަދޫ ކުދުކުދިންގެ ޕާކެ، މިއުޒިކް ޝޯވް އަކާއި ރެއިގަޑި ކުދުވަރަކި ކެއުމަކާއި އެއްކޮށް ބޭވި ހަފުލާކި މި ހިދަމަތް ތައާރަފްކޮށްދިނީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ބާލާޖީ ސިރިނިވާސަން، ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑު ހުސެއިން ނިޔާޒު، ހެޑް އޮފް ބްރޭންޑު އަރުޝަދު ޝާކިރު.

ވަރަށް ތަފާތުކޮށް، ސަޅި ގޮތަކަށް ކުރިއަށްގިނިގޭ މި އިވެންޓާއި، އެންމެ ފެރެތަމާ މި އިންޓަނެޓު ނެގި މީހާއަށް އުރީދޫގެ ފަރާތުން ވަނީ މޮޑަމަށް ދެރެފެއި. އުރީދޫން ބެނީ މި ހިދުމަތާއި އެއްކޮށް ކުރިއަށް އޮތް 13 މަސް ދުވަހަށް %50 އިިތިރި ޑޭޓާ ދޭށުމާއު، އަދި ކުރިއަށް އޮއްތަނި މިޅި އައްޑޫއަށް ހަލޫ އިންޓަނެޓުގެ ދޭށުމާއު،

އުރީދޫން ބެނީ އެކުންފުނި ރާއްޖެ އާސް ދިވެހިންނަށް ހިދްމަތް ދޭތާން 13 އަހަަރަ މިއަހަރަ ފާހަގަ ކެރަމުން އޭކޯ، ތަފާތު ސަޅި، ދުނިޔެއަށް އަލަށ ތައާރްފްވޭ މުޅު ޓެކްނޮލޮޖީ ދިވެހިންނާއި ހަމާ ގިނާސް ކަސްޓަމަރުން ބޭނުންވޭ ލެކަށް ކުރިއަށް އޮތް ތަނިއަސް އިތުބާރާއި އެއްކޮށްދޭށުމާއު.

އުރީދޫން ރެއި ބެނީ މި އިންޓަނެޓު ހޯދާށާއި، މިކަމާއި ގުޅުންހިށި މައުލޫމާތު އައްޑޫ ތިބި އުރީދޫ އޮފީސްތަކުން ލިބޭށިއައު، ލަސް ނިކޮށް ފަސް ނިކޮށް އަވަހަށް އާސް މި ހަލޫ އިންޓަނެޓު ތަޖްރިބާ ކޮށްލައު ވާ!