Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ޑްރަގާ އެކު ހުޅުދޫން މީހަކު ހައްޔަރުކޮށްފި

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުދޫން ހައްޔަރު ކުރި 49 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެ އަވަށުގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އިއްޔެ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 7 ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.