Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ކާލަމާ: ބަޓާ ޗިކެން

* ބޭނުންވާ ތަކެތި:

600 ގްރާމް ބޯންލެސް ޗިކަން (ކޮށާފައި)
3 ޖޯޑު ހެވީ ކުރީމް
1 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)
1 ސައިސަމުސާ ގަރަމް މަސާލާ
1 ސައިސަމުސާ ޗިލީ ޕައުޑާ
2 މޭޒުމަތީސަމުސާ ކައްކާ ތެޔޮ
1 ޖޯޑު ބަޓަރު
1 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
410 ގްރާމް ޓޮމާޓޯ ޕޭސްޓް
2 ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ތަންދޫރީ މަސާލާ

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 190 ޑިގްރީ އަށް ޕްރީ ހީޓްކޮށްލާށެވެ. ދެން ތަވައަކަށް ބަޓަރު ކޮޅެއް އެޅުމަށްފަހު މަޑު ގިނީގައި ހޫނު ކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފިޔާ އަދި ލޮނުމެދު އެޅުމަށް ފަހު، ފިޔާކޮޅު ރަތް ވަންދެން މީރު ކުރާށެވެ.

އެހެން ތަވައެއްގައި ބާކީ ހުރި ބަޓަރު ވިރުވުމަށް ފަހު ހެވީ ކުރީމް، ޓޮމާޓޯ ޕޭސްޓް، ލޮނު، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މަތި ޖަހައި، 30 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ކުރިން މީރު ކުރި ފިޔާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.

ކުކުޅު ކޮޅުގައި ތެޔޮ ހޭކުމަށް ފަހު، ތަންދޫރީ މަސާލާ އުނގުޅާލާށެވެ. އެއަށްފަހު ފިހަން ބޭނުންކުރާ ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު އަވަނަށް ލައި ރޯ ފިލަންދެން ފިހެލާށެވެ.

ކުކުޅުތައް ފިހެވުމުން ކުރިން ތައްޔާރު ކުރި ސޯސް ގަނޑުގެ ތެރެއަށް ކުކުޅުކޮޅު އެއްކޮށްލާށެވެ.