Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: ހުވަޔަކީ ގައުމަށްޓަކައި ޖާނު ދިނުން

އަޅުގަނޑަކީ ޅެންވެރިއެއް ނޫނެވެ. މަޝްހޫރުކަން ލިބިފަ ނެތަސް އަޅުގަނޑުގެ މަންމަ ފަރާތު ކާފަ އާއި އަޅުގަނޑުގެ މަންމަ އަކީ ޅެންވެރިކަމުގައި ފުންނާބު އުސް ބޭފުޅުންނެވެ. އެހެންކަމުން އަޅުގަނޑުވެސް އަޅުގަނޑުގެ ކޮށި ގަލަން ނެގުމަށްފަހު ހަޔާތުގައި ފުރަތަމަ ފަހަރަށް ޅެމެއް ހެދޭތޯ މަސައްކަތް ފެށީމެވެ. އަޅުގަނޑުގެ ހަޔާތުގެ ފުރަތަމަ ޅެން ތިރީގައި ނަކަލު ކޮށްލާނަމެވެ:

ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން
ޖޯޝުއާއެކު ނުކުންނާށެ ތެދުވެރި ދަރީން
ބިސްމިއާއެކު ފަށާށޭ މިޤައުމީ ދަތުރު
ޖީލު އެކުގާ ގުޅާލާށެ ހުއްބުލް ވަތަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ޤައުމު އެކުގާ އޮޅާލާފަ ޖީބަށް ލަނީ
އަދުލު އިންސާފު ފަށްކޮށް އެ ވޮލެޓަށް ލަނީ
ރައްޔިތުން މަޖުލިހަށްވެސް އެއަޅުވެތިކަމޭ
ދިވެހި ސިފައިންމެ ފުލުހުން އަޅުންނަށް ވަނީ
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

މީ ޔަހޫދީން ތަކެއްހޭ ވަގެއްހޭމިއީ
މީ މިޤައުމަށް ސަވާރުވި އަދުއްވުންތަކޭ
ބޮޑުތަކުރުފާނެކޭ ނިންމުމަށް ތެދުވަނީ
ބޮޑު މުސީބާތަކުން ޤައުމު މިނިވަން ކުރަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ޤައުމު ގިސްލާ ރޮމުން ދާތަނޭ ފެންނަނީ
ޤައުމު ކައްވާ ދަރީންތައް މަރާ ހުސްކުރީ
ލޯބި ހުއްބުލް ވަތަން މޯޅިކޮށް ޗިސްކުރީ
ޤައުމު އެދެނީ މިނޫން ދުވަހަކަށް އިރުއަރަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ދެކޮޅު ދެސިޓީ ހަދަންށޭ މަބޭނުން ވަނީ
ތާރު މަގުގައި އަޅާ ޗަކަފެނުން މުންޖި ވުން

މާލެ އެއްކޮށް އުޑާހަމައަކަށް އުފުލުމަށް
ބޭނުމެއް ނެތް މިރާއްޖޭގެ އެންމެން ތަކުން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ޑްރަގް ލޯޑުންގެ އަޅުވެތިކަމުން މިންޖުވާން
ޑްރަގް ޕާރޓޭ މިބަސްތައް ރަދީފުން ފޮހޭން
ދިވެހި ޖަލުތައް މިހުސްކޮށް އަމާން ވެއްޓަކަށް
މީ ޒުވާން ޖީލު އެކުގައި ސަލާމަތް ކުރަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ޤައުމު އެއްކޮށް ބިދޭސީންގެ މިލްކަށް ހަދަން
ޤައުމު ވިއްކަން އެ ޤާނޫނު ބަދަލޭ ކުރީ
ލޯނުތައްވެސް ބިލިއަނުން ނަގާ ބައްކުރީ
ދިވެހި ކަނޑުތައް ބިދޭސީންގެ ފައިތިލަ ދަށަށް
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

މުދަލު އެއްވެސް ޒަކާތެއް ނަގަން ނޫޅެޔޭ
ހަމައެކަނި ހޯދަނީ ދުނިޔަވީ ޓެކުހެކޭ
މީ މަކަރަކާ ޖަހައިގެން ހަޒާނާ ކެއުން
ޓެކުހު ފައިސާ ތަކުން ދެން ދެނީ ރިޝްވަތޭ
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ސީދިބޭ ހިއްކި ބިންބިންހެމީ މޮޔަވަނީ
ނޫނެކޭ މީ މިޤައުމުގެ މިބަންޑާރަ ބިން
ކޮންމެ ފަރުދަކު އަމިއްލައެ ބިމެއް މިލްކުވާން
މީ ފުދުންތެރި އަމިލައެ ދިވެހި ރައްޔިތުން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

އެސްޓިއޯއޭ ކިޔާގެން މިކެއްވީ ވަތަން
މީއެ މީރާ ހަރުދަނާ އުސޫލެއް ނެތޭ
ޤައުމު އިސްލާޙް ކުރުމަށް ކަމަރުތައްބަނދޭ
މަރުކަޒީލާ ޖަޒީރާ މިވެރިކަން ކުރަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

މީގެ މިކުރިން ހިނގާ ދިޔަ ޖަރީމާތަކާ
އިންތިގާލީ އަދާލަތު މިޤާއިމް ކުރަން
މިނިވަނެއް ނޫން މުއައްސާ ތަކެއް ފެންނަނީ
ފެންނަ ފެނުމަށް މިހީވޭ އެ ރަސްކަން ހެނެއް
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ސިއްހަތަށް ބާރުބޮޑު ކޭންތަކެއް އާއްމުވީ
ފާޑުފާޑުގެ ކެފޭތައް މިޤައުމަށް އަޔަސް
ކޮންމެ ދެފައެއްގެ ގޯޅީޔަކަށް ޕާރކެކޭ
އޭއަކީ ޤައުމަކަށް އައި ތަރައްޤީއެ ނޫން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ދިވެހި ޖައްވުގަ ފެތުރެނީ އެ ސިގްނަލް ތަކޭ
އިންޓަރނެޓްގައި ވަނީ ޕޯނޮގްރަފީ ތަކޭ
ކޭބަލެއް އޮތް މިޓީވީތަކުން ފެންނަނީ
ބަރަހަނާ މަންޒަރުން ސިކުނޑި އެއްކޮށް ފުރޭ
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

ކަރަޕުޝަން މީމުލުން ލުހެ ލުމަށް ބޭނުމީ
ދިވެހި ދީބުގެ ވެރިންނީ މިދިވެހިންތަކޭ
ވަކިބަޔަކު ފެންބުމަށް އޮތް ކުރާއެއް ކަމަށް
ހީކުރުންމީ މަލާމާތެކޭ މީބުނަން
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން

މީމި ޕާރޓީގެ ސިސްޓަމް ގެކުށުވެރިކަމޭ
އަތޮޅުވެރިކަން މިޤައުމަށް މަބޭނުންވަނީ
މީބަލާވެރި މުސީބާތެކޭ ބުނެލަމޭ
ދިވެހި ޤައުމަށް އަމާންކަން މަބޭނުންވަނީ
ހުވަޔަކީ ދިވެހި ޤައުމަށް ޓަކައި ޖާނު ދޭން.