Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

ކާލަމާ: ވައިޓް ޗިކެން ޗިލީ

* ބޭނުންވާ ތަކެތި:

3 ބޯންލެސް ޗިކަން ބްރެސްޓް (ފިނިކަނޑުވައި، ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ ދިރި
2 ފެހި ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
5 ޖޯޑު ހޫނުފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
1 ½ ކޯން (ދަޅުކުރި ވައްތަރު ފެންހުސްކޮށްފައި)
½ ޖޯޑު ސަވަރ ކްރީމް
ލޮނު، އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

ތާހެއްގައި މެދުގިނީގައި ފިޔާކޮޅު މީރުކޮށްލާށެވެ. ދެން ތާހުގެ ތެރެއަށް ލޮނުމެދު، ދިރި އަޅާ އެއްކޮށްލާށެވެ. ދެ މިނެޓެއްހާ އިރު މިތަކެތި މީރުކޮށްލުމަށް ފަހު ފެހި މިރުސް، ކުކުޅު އަދި ޗިކަން ސްޓޮކް އަޅާ އެއްކޮށްލާށެވެ. ދެން ތާހުގެ މަތި ޖަހައި ކުކުޅުތައް ރޯފިލަންދެން ކައްކާލާށެވެ.
އެއަށް ފަހު ކުޅުޅު ބްރެސްޓްތައް ތާހުން ނަގައި، ކުދިކުދިކޮށްލާށެވެ. ދެންކުކުޅުކޮޅު ލޮނު، އަސޭމިރުސް، އަދި ކޯން ކޮޅަކާއި އެކު އަލުން ތާހުގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް އެއްކޮލުމަށް ފަހު 10 މިނެޓް ކައްކާލާށެވެ. ދެން އުދުން ނިއްވާލާފައި ސަވާ ކްރީމް ތާހުގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ.