Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

"ލަވްރާތުރީ" ގެ ޓްރެއިލާ ދައްކާލައިފި

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމް "ލަވްރާތުރީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 5 ގައި ރިލީޒް ކުރާ މި ފިލްމަކީ ސަލްމާން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

"ލަވްރާތުރީ" އިން އާޔުޝްއާ އެކު އާ ބަތަލާ އެކު ވެސް ތައާރަފު ކުރާނެ އެވެ. އެއީ ވަރީނާ ހުސައިނެވެ.

އަބިރާޖް މިނަވާލް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ރޯނިތު ރޯއި (ބަޖާޖް) އާއި ރާމް ކަޕޫރް ވެސް ފެނިގެން ދާނެ އެވެ. އަދި ފިލްމްގެ ހާއްސަ ފެނިލުންތަކުން ސަލްމާނާއި އަރްބާޒާއި ސުހެއިލް ހާން ވެސް ފެނިގެން ދާނެ އެވެ.

އާތޫޝްއަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ.