Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

ކާލަމާ: ޗޮކްލެޓް ޓްރައިފަލް

ބޭނުންވާ ތަކެތި:

1 ޕެކެޓް ބްރައުނީ މިކްސް
1 ޕެކެޓް އިންސްޓްރެންޓް ޗޮކްލެޓް ޕުޑިން
1/2 ޖޯޑު ފެން
1 ދަޅު ގެރިކިރު
1/2 ޖޯޑު ވިޕްޑް ކްރީމް
1 ޕެކެޓް ޗޮކްލެޓް ވެފާ
ޓޮޕިން އަށް ބޭނުންކުރާނެ ވިޕްޑް ޕްރީމް

* ތައްޔާރު ކުރާނެ ގޮތް:

ބްރައުނީ ފުށް ޕެކެޓް ފިހެލާށެވެ. ދެން އެއް އިންޗި ހުންނަ ވަރަށް ބްރައުނީ ފޮތިކޮށްލާނީއެވެ. ދެން ޕުޑިން މިކްސް، ފެން އަދި ގެރިކިރު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އޭހެ ތެރެއަށް ވިޕްޑް ކްރީމްކޮޅު އަޅާނީ އެވެ.

ދެން ތައްޓެއްގައި ބްރައުނީ ލޭޔާއެއް އަޅާށެވެ. އޭގެ މައްޗަށް ޕުޑިން މިކްސް އަޅާނީއެވެ. ޕުޑިން މިކްސްގެ މައްޗަށް ޓޮޕިން އަށް ބޭނުންކުރާނެ ވިޕްޑް ކްރީމް އަޅާފައި މިގޮތަށް އިތުރު ލޭޔާ އެއް ކޮންމެ ވައްތަރަކުން އަޅާށެވެ.
ދެން އެންމެ ފަހު ލޭޔާ މަތީގައި ޗޮކްލެޓް ވެފާ ބައިންދާލާށެވެ. ބޭނުންނަމަ ޗޮކްލެޓް ޝޭވް ކޮށްފައި މައްޗަށް ބުރުވައިލެވިދާނެއެވެ.

ސާވް ކުރުމުގެ ކުރިން 8 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.