ޚަބަރު

އެސިސްޓެންޓް ޕްރޮސިކިއުޓާރ ޖެނެރަލް ފަޒްނާ އިސްތިއުފާދެއްވައިފި

އަލްއުސްތާޛާ އައިޝަތު ފަޒްނާ(ވ). ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓާރ ޖެނެރަލް މަގާމުގައި ހުންނެވި އަލްއުސްތާޛާ އައިޝަތު ފަޒްނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަޒްނާ މަޤާމުން އިސްތިއުފާދެއްވިކަން ޕީޖީ އޮފީހުގެ އިސް ބޭފުޅަކު ވަނީ 'އައްޑޫލައިވް' އަށް ޔަގީންކޮށް ދީފައެވެ. އެހެން ނަމަވެސް ފަޒްނާ އޮފީހުން އިސްތިއުފާ ދެއްވި ސަބަބު އޭނާ ވިދާޅެއް ނުވެއެވެ.

ފަޒްނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތާއި މިހާރު ހިނގަމުންދާ ސިޔާސީ ގިނަ ބޭފުޅުންގެ ޝަރީޢަތަށް ޕީޖީ އޮފީހުން ވަޑައިގަންނަވާ ވަކީލާއެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ މައްސަލަތަކުގައި ވެސް ޕީޖީ އޮފީހުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވީ ފަޒްނާއެވެ.

އެސިސްޓެންޓް ޕީޖީގެ މަގާމަށް ފަޒްނާ އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

ތަފްސީލް އަންނަނީ…