Last Updated: April 24, 18:14
Wednesday, April 24, 2024
މުނިފޫހިފިލުވުން

ކަރަން ޖޯހަރް "ތަހުތު" އަށް

"ތަހުތު" ގެ ނަމުގައި 2020 ގައި ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެކަން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އިއުލާންކޮށްފި އެވެ.

އޭނާ ކުރި ޓްވީޓްތަކެއްގައި ބުނީ އަލަށް ޑައިރެކްޓް ކުރާ ފިލްމަކީ މުގާލް ރަސްކަމުގެ ޒަމާނުގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށެވެ. މި ފިލްމްގެ ކާސްޓުންނަކީ ރަންވީރް ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރް އެވެ.

"ތަހުތު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސުމިތު ރޯއި އެވެ. އަދި ފިލްމްގެ ޑައިލޮގްތައް ލިޔުނީ އޭނާ އާއި ހުސައިން ހައިދްރީ އެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެެނެސް ދިނީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ.