Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހުޅުދޫ ގޭބިސީތަކަށް ފުލުހުން މައުލޫމާތު ދީފި

އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމީދޫގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ވަނީ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯންކޯލްތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ ރައްކާތެރިވެ ތިބުމާއި. ބޭންކް އެކައުންޓުގެ މަޢުލޫމާތާއި ކޭޝް ކާރޑްގައިވާ މަޢުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އަދި ވައްކަން ކުރުން ފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަކީ ކޮބައި ކަމާއި އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ހުންނަން ޖެހޭ ސްޓިކާތަކާއި އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ސްޓިކާގެ މުއްދަތު ހަމަވެފައިވޭތޯ ބަލައިފައިވެ އެވެ.

މީގެ އިތުރުން އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ތަންތަނުގެ ނަމްބަރުތައް ހިއްސާކޮށްފައިވެ އެވެ.

އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް އަންނަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.